ކްރިމިނަލް ކޯޓް

މުރާޖައާކޮށްފައި ނޫނީ ޝަރީޢަތްތައް ޓެލެކާސްޓް ނުކުރަން ނިންމައިފި

Nov 14, 2019
2

ކްރިމިނަލް ކޯޓުގެ ޝަރީޢަތްތައް ޓެލެކާސްޓް ކުރުމުގެ އުސޫލު އަލުން މުރާޖައާކޮށް އާންމު ކޮށްގެން ނޫނީ އަލަށް ހިންގާ އެއްވެސް ޝަރީޢަތެއް ޓެލެކާސްޓް ނުކުރަން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ އެ ގޮތަށް ނިންމި ނަމަވެސް މިހާރު ޓެލެކާސްޓް ކުރަން ފަށާފައިވާ މައްސަލައިގައި ދެ ފަރާތުންކުރެ ފަރާތަކުން ޓެލެކާސްޓް ކުރުމަށް އިއުތިރާޒް ނުކުރާނަމަ، ޓެލެކާސްޓް ކުރާނެ ކަމަށެވެ.

އަދި ބުނީ ދެން އެންމެ އަވަހަށް ބާއްވާ އެ މައްސަލައިގެ އަޑުއެހުމެއްގައި ޓެލެކާސްޓް ކުރަން ފެށުމުގެ ކުރިން އެކަމާމެދު ދެފަރާތުގެ ބަހެއް ހޯދުމަށްފަހު ކުރިއަށް ގެންދިޔުމަށް ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. މިހާރު ލައިވް ކުރާ މައްސަލަ އަކީ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތެވެ.