މަސްވެރިންގެ ދުވަސް

މަސްވެރިންގެ ދުވަސް ފާހަގަ ކުރަން ފިޝަރީޒް އެކްސްޕޯއެއް

Nov 14, 2019

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި "ފިޝަރީޒް އެކްސްޕޯ" އެއް ބާއްވަން ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިންގެ ދުވަހާ ގުޅުވައިގެން އެކްސްޕޯއެއް ބާއްވަނީ މަސްވެރިކަމުގެ ދާއިރާގެ އެކިއެކި ވަސީލަތްތަކާ އެ މަސައްކަތްތައް ކުރަން ބޭނުން ކުރާ އާލާތްތަކާއި އެ ސިނާއަތާއި އުފެއްދުންތަކާބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މައުލޫމާތު ދޭން ކަމަށެވެ.

ފިޝަރީޒް އެކްސްޕޯ އޮންނަނީ އަންނަ މަހުގެ 6 އިން 8 އަށް ހުޅުމާލެ ހުރަވީ ސްކޫލްގަ އެވެ. މަސްވެރިންގެ ދުވަހަކީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ.

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި މި އެކްސްޕޯގައި މަސްވެރިކަމާއި ގުޅުން ހުރި ތަކެތި އިޝްތިހާރުކުރުމާއި ވިޔަފާރި އުސޫލުން ވިއްކުމަށް ބައިވެރިންނަށް ފުރުސަތު ދޭނެ އެވެ.