ހަބަރު

އަބްދުﷲ ހަމީދު އަވަހާރަވެއްޖެ

Aug 18, 2015

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އެއްބަފާ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ކޮއްކޯފުޅު، އަބްދުﷲ ހަމީދު، ނިޝާން އިއްޒުއްދީނުގެ އިތްޒަތްތެރި ވެރިޔާ އަވަހާރަވެއްޖެ އެވެ.

ހަމީދު އަވަހަރާވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު މިއަދު މެންދުރު އިންޑިއާގެ ބެންގަލޫރުގައި ފަރުވާ ހޯއްދަވަނިކޮށެވެ. ބެންގަލޫރުގައި އެމަނިކުފާނު ފަރުވާ ހޯއްދެވީ ހާޓް އެޓޭކެއްޖެހިގެނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި އެޓޯލްސް މިނިސްޓަރު ކަމާއި އެޑިއުކޭޝަން މިނިސްޓަރު ކަމާއި ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރުކަން ވެސް ކުރެއްވި އިތްޒަތްތެރި އަދި ހިދުމަތްތެރިޔާއަށް މީގެ ތިން ދުވަސް ކުރިން ހާޓް އެޓޭކެއް ޖެހި އަވަހާރަވި އިރު މީގެ ދުވަސްކޮޅެއް ކުރިން ވެސް ހާޓް އެޓޭކެއް ޖެހި އޭޑީކޭގައި ފަރުވާ ހޯއްދެވި އެވެ.

މައުމޫންގެ ވެރިކަން 2008 ގައި ބަދަލުވުމަށްފަހު ހަމީދު ގިނަ ދުވަސްތަކެއް އުޅުއްވީ ސްރީޅަންކާގަ އެވެ. އޭގެ ފަހުން އެނބުރި މާލެ ވަޑައިގަތީ 2013 ވަނަ އަހަރު އެވެ.

ގިނަ އަދަދެއްގެ އިލްމީ ބޭފުޅުން ލިބިވަޑައިގެންފައިވާ ހަމީދުގެ މަޝްހޫރު ބޭފުޅުންގެ ތެރޭގައި ޝާހީން ހަމީދާއި ޔާސީން ހަމީދާއި ފާތިން ހަމީދާއި ހާލާ ހަމީދާއި ޝަމްއޫން ހަމީދާއި މައުމޫނ ހަމީދާއި އައްޒާ ހަމީދާއި ހަމްދޫނު ހަމީދާއި ޝައްފާ ހަމީދު ހިމެނި ވަޑައިގަންނަވަ އެވެ. އޭގެ ތެރެއިން ޑރ. ފާތިން ވަނީ މީގެ މަސްތަކެއް ކުރިން އަވަހާރަވެފައެވެ. އެ މަނިކުފާނަށް 11 ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ.