ފޮރިން މިނިސްޓްރީ

ވިސާއާ ނުލާ އަންނަ އަހަރު ދިވެހިންނަށް މޮރޮކޯއަށް ދެވޭނެ

ދިވެހިން ވިސާއާ ނުލައި އަންނަ އަހަރުގެ ފެބްރުއަރީން ފެށިގެން މޮރޮކޯއަށް ދެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ޝާހިދު މޮރޮކޯއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވާ ރާއްޖެއިން މޮރޮކޯއަށް ވިސާނެތި ދެވޭނެ ގޮތް ހަމަޖައްސައި އެއްބަސްވުމެއްގައި ވަނީ ސޮއި ކުރައްވާފަ އެވެ.

މިިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓް

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ޝާހިދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ 31 ވަނަ ދުވަހުން ފެށިގެން ދިވެހިންނަށް ވިސާ އާއި ނުލާ މޮރޮކޯއަށް ދެވޭނެ ކަމަށެވެ. އަދި މި ކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާ ވެގެންދިޔަ ކަމަށެވެ.

ޝާހިދު މޮރޮކޯއަށް ރަސްމީ ދަތުރުފުޅު ފެއްޓެވީ އިއްޔެވެ. މިއީ ރާއްޖެއާއި މޮރޮކޯއާއި ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރުމަށްފަހު ހާރިޖީ ވަޒީރަކު އެ ގައުމަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.