ހަބަރު

މޮރޮކޯ އިން ރާއްޖެއަށްދޭ ސްކޮލާޝިޕްގެ ފުރުސަތު އިތުރުކޮށްފި

Aug 8, 2020
ފޮރިން މިނިސްޓަރު ޝާހިދު މޮރޮކޯގެ ބޮޑުވަޒީރާއެކު -- ފޮޓޯ: ފޮރިން
100%
0%
0%

މޮރޮކޯ ސަރުކާރުން ދިވެހި ޒުވާނުންނަށް ހާއްސަކޮށްގެން އެގައުމުގެ ޔުނިވާސިޓީތަކާއި، ސަރުކާރުގެ އެކި އިދާރާތަކުން މަތީ ތައުލީމު ހާސިލްކުރުމަށްޓަކައި ކޮންމެ އަހަރަކު ދެމުންގެންދާ ސްކޮލާޝިޕްގެ ފުރުސަތު އިތުރުކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މޮރޮކޯ އިން ރާއްޖެއަށްދޭ މިފުރުސަތުތައް އިތުރުކޮށްދީފައިވަނީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިދިއަ އަހަރުގެ ނޮވެމްބަރު މަހު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރެވުނު މަޝްވަރާތަކާ ގުޅިގެން ކަމަށެވެ.

މޮރޮކޯ ސަރުކާރުން މީގެކުރިން ރާއްޖެއަށް ދެމުން އައިސްފައިވަނީ އަހަރު ފަސް ސްކޮލާޝިޕެވެ.

ނަމަވެސް، މޮރޮކޯ ސަރުކާރުގެ މި ނިންމުމުގެ ސަބަބުން މިއަހަރުން ފެށިގެން ދިވެހި ދަރިވަރުންނަށް، ސައިންސާއި، ފަންނީ އަދި އިގްތިސާދީ ދާއިރާތަކުންނާއި، އިސްލާމިކް ސްޓަޑީޒްއާއި އަރަބިކް ލެންގުއެޖް އަދި ލިޓްރެޗާގެ ދާއިރާތަކުން މަތީ ތައުލީމް ހާސިލްކުރުމަށް 20 ސްކޮލާޝިޕް ފުރުސަތު ލިބިގެންދާނެކަމަށް މިނިސްޓްރީން ބުންޏެވެ.

އެއާއެކު، މި ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު، އާންމު އުސޫލުގެ މަތިން ޑިޕާޓްމަންޓް އޮފް ހަޔާ އެޑިޔުކޭޝަން އެންޑް ޓްރެއިނިންގެ ފަރާތުން ހުޅުވާލެވިގެން ކުރިއަށްގެންދާނެކަމަށް އިތުރަށް ބުނެފައިވެ އެވެ.

މޮރޮކޯއަކީ ރާއްޖެއާއެކު ޒަމާންވީ ގާތް ގުޅުމެއް އޮންނަ ގައުމެކެވެ. މިގޮތުން، ދިވެހި ތާރީހުގައި ފޮރިން މިނިސްޓަރަކު މޮރޮކޯއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޝާހިދު ވަނީ ދެގައުމުގެ ދެމެދުގައިވާ ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރުމާބެހޭ ގޮތުންނާއި، ތަރައްގީގެ އެކި ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމާބެހޭގޮތުން މަޝްވަރާތައް ކުރެވިފަ އެވެ.

އެގޮތުން، މޮރޮކޯ ސަރުކާރާ ދިވެހި ސަރުކާރާދެމެދު ހަތަރު އެއްބަސްވުމެއްގައި އެ ދަތުރުފުޅުގެ ތެރެއިން ވަނީ ސޮއިކުރެވިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910