ހަބަރު

ފެހެންދޫ ދަރިވަރުންގެ އާ ފެރީ ހަވާލުކޮށްފި

Jul 8, 2020
އިންޑިއާގެ އެހީގައި ފެހެންދޫ ދަރިވަރުން ގޮއިދޫ ސްކޫލަށް ދަތުރުކުރުމަށް އާ ފެރީ އެއް ވަނީ ބަނދެދީފައި. -- ފޮޓޯ: ފޮރިން މިނިސްޓްރީ
0%
0%
0%

ބ. ފެހެންދޫ ދަރިވަރުން އެ އަތޮޅުގެ ގޮއިދޫ ސުކޫލަށް ކިޔަވަން ގެންދަން އިންޑިއާގެ އެހީގައި ބަނދެދިން ފެރީ މިއަދު ރަސްމީކޮށް ހަވާލުކޮށްފި އެވެ.

އިންޑިއާ ހައިކޮމިޝަނަރު ސަންޖޭ ސުދީރު އާއި ފޮރިން އަދި އެޑިޔުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މިއަދު މި ނިމިގެންދިއަ މަޝްރޫއު އާއެކު ފެހެންދޫގެ ދަރިވަރުންނާއި ބެލެނިވެރިން އެތަކެއް އަހަރުތަކެއް ވަންދެން ތަހައްމަލު ކުރަމުންދިއަ ދަތި، އުނދަގޫ ހާލަތުން އަރައިގަނެވިފައިވާ ކަމަށެވެ.

އަދި މި މަޝްރޫއު އިން ހަމަހަމަަކަމައެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މި ސަރުކާރުން ދެމުންދާ އަހައްމިއްޔަތުކަން ސާފުވެގެންދާކަމަށްވެސް ޝާހިދު އިތުރަށް ވިދާޅުވި އެވެ.

ފެހެންދޫ ގައި 26 ކުދިން ކިޔަވަ އެވެ. އެ ކުދިން ކިޔަވަން ދާން ޖެހެނީ އެ ރަށާ އެއް ފަޅުގައި އޮންނަ ގޮއިދޫ އަށެވެ. ރަށުގައި އާބާދީ ކުޑަވުމުގެ ސަބަބުން ފެހެންދޫ ސްކޫލުގައި ކިޔަވައެއް ނުދެވެ އެވެ.

ކުދީން ބާ ޑިންގީ އެއްގައި ގޮއިދޫއަށް ދަތުރު ކުރަން ޖެހޭތީ މިދިއަ އަހަރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކުދިން ދަތުރު ކުރުމަށް 20 ފޫޓު ޑިންގީއެއް ހަމަޖައްސައިދީފަ އެވެ. ނަމަވެސް، އެ ޑިންގީގެ ސަތަރިގަނޑު ހަލާކުވެ ދަތުރު ކުރުމުގައި ދަތިތަަކެއް ކުރިމަތިވި އިރު ބމޫސުން ގޯސް ދުވަސްވަރު ދަރިވަރުންނާއި ބެލެނިވެރިންނަށް ކަނޑު ދަތުރު ކުރުމުގައި ދިމާވާ އުނދަގޫތައް ހައްލުކޮށްދިނުމަށް އެދި ފެހެންދޫ ކަައުންސިލުން ވަނީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސްފަ އެވެ.

ފެހެންދޫ ދަރިވަރުންގެ އާ ފެރީ ރަސްމީކޮށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު. -- ފޮޓޯ: ފޮރިން މިނިސްޓްރީ

އެއާއެކު، މިދިއަ އަހަރުގެ މާޗް މަހުގެ ތެރޭގައި އިޖުތިމާއީ އަދި އިގުތިސޯދީ މަޝްރޫއުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދީފައިވާ 100 މިލިއަން ދިވެހި ރުފިޔާ (6.9 މިލިއަން އެމެރިކާ ޑޮލަރު) ކަނޑައެޅި ޖުމްލަ 13 މަޝްރޫއުގެ ތެރޭގައި ފެހެންދޫ ދަރިވަރުންނަށް ފެރީއެއް ބަންނަން ސަރުކާރުން ނިންމި އެވެ.

އެގޮތުން، އެ ފެރީ ހޯދުމަށް 2.5 މިލިއަން ރުފިޔާ އެޑިޔުކޭޝަން މިނިސްޓްރީ އަށް ވަނީ ކަނޑައަޅައިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910