މޮރޮކޯ

މޮރޮކޯގެ ކޮންސިއުލޭޓެއް ރާއްޖޭގައި ހުޅުވައިފި

Jul 18, 2022

މޮރޮކޯއިން ރާއްޖޭގައި އޮނަނަރީ ކޮންސިއުލޭޓެއް މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

އަމީރު އަހްމަދު މަގުގައި ހުންނަ އޭޑީކޭ ޓަވަރުގައި ގާއިމުކޮށްފައިވާ މޮރޮކޯގެ އޮނަނަރީ ކޮންސިއުލޭޓް ރަސްމީކޮށް ހުޅުވުމުގެ ގޮތުން މިއަދު އެ އިމާރާތުގައި މޮރޮކޯގެ ދިދަ ނަންގަވައިދެއްވީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހްމަދު ލަތީފް އާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މޮރޮކޯ ސަފީރު މުހައްމަދު މާލިކީ އެވެ.

މިރަސްމިއްޔާތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މޮރޮކޯގެ އޮނަރަރީ ކޮންސުލް އަހްމަދު ނާޝިދު (އޭޑީކޭ ނާޝިދު) ވެސް ފޮރިން މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ދިވެހިންގެ މެދުގައި މަގުބޫލުވަމުން އަންނަ ގައުމެއް ކަމަށްވާ އެފްރިކާ ބައްރުގެ މޮރޮކޯ އަކީ ދިވެހިންނަށް 90 ދުވަހުގެ އޮން-އަރައިވަލް ވިސާ ލިބޭނެ ގައުމެކެވެ.

ރާއްޖެއާއި މޮރޮކޯއާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ ފެބްރުއަރީ 4، 1988 ގައެވެ.