އެންޓޯނިއޯ ކޮންޓޭ

މަރުގެ އިންޒާރު ލިބުމުން ކޮންޓޭއަށް ހިމާޔަތްދީފި

އިންޓަ މިލާންގެ ކޯޗް އެންޓޯނިއޯ ކޮންޓޭއަށް ވަޒަނަކާއެކު، އިންޒާރުގެ ނޯޓެއް ފޮނުވުމުން ސަލާމަތީ ބާރުތަކުގެ ރައްކާތެރިކަން އޭނާއަށް ދީފި އެވެ.

ކޮންޓޭއަށް އިންޒާރު ދީފައިވާ ނޯޓާއި ވަޒަން ފޮނުވީ އިންޓަގެ އޮފީހަށެވެ. އެކަން ކަމާބެހޭ ފަރާތްކަށް ހުށަހެޅީ އިންޓައިން ނެވެ. އަދި މައްސަލަ ކަމާބެހޭ ފަރާތްތަކުން ތަހްގީގު ކުރަން ފަށައި ކޮންޓޭއަށް ރައްކާތެރިކަން ދިނެވެ.

އެންމެ ފުރަތަމަ ޚަބަރު ފެތުރުނީ ކޮންޓޭ ދިރިއުޅޭ ގެއަށް ޕޯސްޓް މެދުވެރިކޮށް ފޮނުވި ޕެކޭޖުގައި އިންޒާރު ނޯޓާއި ވަޒަނެއް ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް ކޮންޓޭގެ އަންހެނުން ފޭސްބުކްގައި ޕޯސްޓް ކޮށްފައިވަނީ އޭނާގެ ގެއަށް އެފަދަ އެއްޗެއް ނުލިބޭ ކަމަށާއި އެއްފަރާތުން އަނެއް ފަރާތަށް މައުލޫމާތު ފޯރުކޮށްދޭއިރު ރަނގަޅަށް ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ. އޭގެ ފަހުން އިންޓަ މިލާންއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ޓީމުގެ ކޯޗަށް އައި އިންޒާރުގެ ނޯޓާއި ވަޒަން ފޮނުވާފައި ވަނީ ކުލަބުގެ އޮފީހަށް ކަމަށެވެ. އެ މައްސަލަ ކަމާބެހޭ ފަރާތްކުގެ ސަމާލުކަމަށް ގެނައީވެސް ކުލަބުން ކަމަށް އިންޓައިން ބުނެފައި ވެއެވެ.

"އިންޓައިން ސާފް ކޮށްދޭން ބޭނުން ވަނީ އެންޓޯނިއޯ ކޮންޓޭއަށް ޕާސަނަލީ އެއްވެސް ފަރާތަކުން އިންޒާރު ސިޓީއެއް ލިބިފައި ނުވޭ، އަދި އެކަމާ ގުޅިގެން ފުލުހަށް ދިޔައީވެސް އޭނާއެއް ނޫން،" އިންޓައިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. "އިންޒާރުގެ ސިޓީ ލިބިފައި ވަނީ ކުލަބަށް، އަދި ކަހަލަ ވަގުތެއްގެ ގޮތުން އެކަން ކަމާބެހޭ މުއައްސަސާތަކަށް ހުށަހެޅުމަކީ އަމަލު ކުރަން ޖެހޭ ޕްރޮޓަކޯލް."

މި ސީޒަންގައި އިންޓަގެ ކޯޗް ކަމާ ހަވާލުވެ ކޮންޓޭ ވަނީ އެ ޓީމުގެ ނަޓީޖާތައް ރަނގަޅު ކޮށްފަ އެވެ. ޔުވެންޓަސް އާއި ޗެލްސީގެ ކުރީގެ ކޯޗް ކަމުގެ ދަށުން އެ ޓީމު އޮތީ އިޓާލިއަން ލީގްގެ ދެ ވަނައިގަ އެވެ. އެއީ މިދިޔަ ފަސް އަހަރުގެ ޗެމްޕިއަން ޔުވެންޓަސްއަށް ވުރެ އެއް ޕޮއިންޓް ފަހަތުގައި އޮތުމުންނެވެ.