ސައިންސް

ނުވަދިހަ މިލިއަން ޑޮލަރުން ޖައްވަށް!

ޖައްވަށް ދާން ބޭނުންވާ މުއްސަދިން ގިނަ އެވެ. ސަބަބަކީ ދުނިޔޭގައި ގައުމުތަކަށް ދަތުރު ކުރާން ބޭނުންވާ މީހުނަށް މަސައްކަތް ކޮށްފިނަމަ އެ ބޭނުންވާ ގައުމަކަށް ދެވޭތީ އެވެ. އާންމު ގޮތެއްގައި ޓްރެވެލާސް ނުވަތަ ދަތުރު ވެރިން ކޮންމެ އަހަރަކުވެސް ދުނިޔޭގެ ދެބައި ކުޅަ ގިނަ ގައުމުތަކަށް ދަތުރު ކުރެވެ އެވެ. އަލަށް ފަށައިގަންނަ ދަތުރުވެރިން ވެސް އަހަރެއްގެ ތެރޭގައި ގިނަ ގައުމުތަކަށް ދަތުރު ކުރެވެ އެވެ. އެހެން ގޮތަކަށް ބުނާނަމަ ވީހާވެސް ގިނަ ގައުމުތަކަށް ދަތުރު ކުރުމަކީ ޝަރަފެއް ކަމަށް ބައެއް މީހުނަށް ހީވެ އެވެ. މުއްސަދިންނަށް ވެސް ވަނީ ހަމަ އެގޮތެވެ. އެކަމަކު މުއްސަދިން އެމީހުންގެ ބުރަ މަސައްކަތުގައި އުޅެނިކޮށް ސްޕޮންސަރެއްގެ އެހީގައި އެންމެ އަގު ބޮޑު ގައުމުތަކާއި އެ ގައުމުތަކުގެ ހޮޓާތަކަށް ޓްރެވަލް ބްލޮގަރުން ޒިޔާރަތް ކުރެ އެވެ.

މިކަމުގެ ފައިދާ ނަގައި ޖައްވީ އިދާރާތަކުން މަސައްކަތް ފަށައިގަތީ ޖައްވީ ޓޫރިޒަމް ކުރިއަރުވާށެވެ. ފުރަތަމަ ކޮޅު ނުވާނެ ކަމަށް ހީވި ނަމަވެސް މިކަން ކުރެވިދާނެކަން މިހާރު ވަނީ ޔަގީންވެފަ އެވެ. ޖައްވީ އިދާރާތަކުން ބުނާ ގޮތުގައި އެމީހުން ސްޕޮންސާ ޓްރިޕްތައް ނުދޭނެ އެވެ. އެހެންކަމުން ފުރުސަތު އޮތީ މުއްސަދިންނަށެވެ.

ސްޕޭސް އެކްސް ކުންފުންޏަކީ ޖައްވީ ޓޫރިޒަމް އެންމެ ކުރިއަރުވަން އެންމެ ބޮޑަށް މަސައްކަތްކުރާ ކުންފުންޏެވެ. ޖައްވީ ޓޫރިޒަމަކީ ވެސް ސްޕޭސް ކުންފުނީގެ ހިޔާލެކެވެ. ސްޕޭސް އެކްސް ކުންފުނިން ވަނީ ޖައްވަށް ޓޫރިސްޓުން ގެންދަން ތައްޔާރުކުރާ ދެ އުޅަނދު ބަނުމުގެ ބޮޑު ބައި ނިންމާފަ އެވެ. ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ޖައްވަށް ޓޫރިސްޓުން ގެންދާނެ ކަމަށް ކުންފުނިން ވަނީ ބުނެފަ އެެވެ.

ބިލިނިއަރު އިލޯން މަސްކުގެ ކުންފުންޏެއް ކަމަށްވާ ސްޕޭސް އެކްސްއިން ޓޫރިސްޓުން ގެންދިޔުމަށް ތައްޔާރުކުރި "ސްޕޭސް އެކްސް ކްރިއު ޑްރެގެން" ގެ 80 ޕަސަންޓު މަސައްކަތް ވަނީ ނިންމާފަ އެވެ. ކުންފުނިން މައުލޫމާތު ދޭ ގޮތުގައި އުޅަނދުގައި ޖައްވަށް ޓޫރިސްޓުންނަށް ދެވޭނީ 55 މިލިއަން ޑޮލަރަށެވެ.

އެމެރިކާގެ ޖައްވީ ނާސާއިން ވެސް ވަނީ ޖައްވީ ޓޫރިޒަމްގެ ތެރެއަށް ވަދެފަ އެވެ. އެކަމަކު ނާސާއިން މިކަން ކުރަނީ ބޮއިންގް ކުންފުންޏާއި ހަވާލު ކޮށްގެންނެވެ. ބޮއިންގް ކުންފުންޏަކީ ކޮމާޝަލް މަތިންދާބޯޓު އުފެއްދުމުގެ އިތުރުން ސްޕޭސް ރޮކެޓާއި ޖައްވީ އުޅަނދު ބަނުމުގައި ވެސް އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ.

ސްޕޭސް ޓޫރިޒަމަށް ތައްޔާރު ކޮށްގެން ބޮއިންގް ކުންފުނިން ތައްޔާރު ކޮށްފައި ވަނީ "ސްޓާލިންކް" ނަމަކަށް ކިޔާ އުޅަނދެކެވެ. އެންމެ ފުރަތަމަ މި އުޅަނދުން ޖައްވަށް ފަތުރުވެރިންގެ ގޮތުގައި ދަތުރު ކުރާނީ ނާސާގައި މަސައްކަތްކުރާ އެސްޓްރޮނޯޓުންނެވެ. އެއަށްފަހު އާންމުނަށް ހުޅުވާލާނެ އެވެ. ނާސާއިން ބުނާ ގޮތުގައި ސްޓާލިންކުން ޖައްވަށް ދަތުރުކުރާ ކޮންމެ ފަތުރުވެރިއަކު ނާސާއަށް 90 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ އެވެ. އެއީ ފުލް އެކޮމޮޑޭޝަން އަދި ބްރެކްފާސްޓާ އެކުގަ އެވެ.

ނާސާއިން ޖައްވަށް ފަތުރުވެރިން ފުރަތަމަ ފަހަރަށް ގެންދާފަހަރު ރަޝިއާގެ ތިން އެސްޓްރޮނޯޓަކު ވެސް ގެންދާގޮތަށް ވަނީ ހަމަޖެހިފަ އެވެ. ބޭނުމަކީ ރަޝިއާއެކު ހީނަރުވެފައިވާ ޖައްވީ ދިރާސާގެ ގުޅުންތަށް އަލުން ބަދަހި ކުރުމެވެ. މި ތިން އެސްޓްރޮނޯޓުންގެ ހުރިހާ ހަރަދެއް ބަލަހައްޓާ ދެނީ ނާސާއިންނެވެ. ރަޝިއާއއެކު އޮންނަ ގުޅުން ހީނަރުވެފައިވަނީ މީގެ 10 އަހަރު ކުރިންނެވެ. އެއަށްވުރެ ކުރިން ވެސް އިދާރާތަކުގެ މެދުގައި އޮންނަ އާންމު އުސޫލުގެ މަތިން ވާދަވެރިކަން އޮތެވެ.