އެމްއެންޑީއެފް

މާލޭ އޭރިއާ ކޮމާންޑް އޮޕަރޭޝަން ސެންޓަރު ހުޅުވައިފި

އެމްއެންޑީއެފުގެ އޭރިއާތަކުގެ އޮޕަރޭޝަން ސެންޓަރުތަކުގެ ގާބިލުކަން އިތުރު ކުރަން ޓެކްނޮލޮޖީއާއެކު ހިންގާ އޮޕަރޭޝަންތައް މޮނީޓަރު ކުރެވޭނެ ނިޒާމެއް ގާއިމްކޮށް މާލޭ އޭރިއާ ކޮމާންޑް އޮޕަރޭޝަން ސެންޓަރު ހުޅުވައިފި އެވެ.

ކޮމާންޑް އޮޕަރޭޝަން ސެންޓަރު މިއަދު ބަންޑާރަކޮށީގައި ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސްފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްވަނީ ސެންޓަރުގެ މަސައްކަތްތައް ކުރިއަށްދާނެ ގޮތް ހިއްސާ ކުރައްވާފަ އެވެ.