ބޭރު ކުޅިވަރު

ޓްރާންސްފާގެ އަޑުތައް: ސިޓީން ބޯނީ އަށް ބިޑްކުރަނީ

ސްވަންސީ އިން ބޯނީ ދޫކޮށްލަން ބޭނުންނުވިޔަސް، ސިޓީން 25 މިލިއަން ޕައުންޑް ހުށަހަޅައިފި ނަމަ ސްވަންސީގެ ހިޔާލު ބަދަލުވެދާނެ އެވެ.

ޓްރާންސްފާގެ އެހެން އަޑުތަކަށް ބަލާލާއިރު، ސައުތުހެމްޓަންގެ ފްރާންސް ޑިފެންޑަރު މޯގަން ޝްނައިޑަލިން އަށް މެންޗެސްޓާ ޔުނައިޓެޑް އިން ވެސް ޝައުގުވެރިވާ ކަމަށް ޑެއިލީ މިރާ އިން ބުނެ އެވެ. ފްރާންސްގެ ގައުމީ ޓީމަށް ކުޅެމުންދާ ޝްނައިޑަލިން ،25، އަށް ޓޮޓެންހަމް ހޮޓްސްޕާ އާއި އާސެނަލް އިން ވެސް ޝައުގުވެރިވާ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ. މީގެ އިތުރުން ބޮރޫޝިއާ ޑޯޓްމަންޑްގެ ޖަރުމަން ޑިފެންޑަރު މެޓް ހަމެލްސް އާއި ޝާލްކާގެ ބެނެޑިކްޓް ހޮވެޑެސް އަށް ވެސް ޔުނައިޓެޑުން ބިޑްކުރާނެ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

އެވަޓަންގެ ޒުވާން މިޑްފީލްޑަރު ރޮސް ބާކްލީ ،21، އަށް ރަނގަޅު އަގެއް ލިބިއްޖެ ނަމަ، ޖެނުއަރީގެ ޓްރާންސްފާގައި އެވަޓަން އިން އޭނާ ދޫކޮށްލަފާނެ ކަމަށް ޑެއިލީ މެއިލް އިން ބުނެ އެވެ. އިނގިރޭސި ލީގު ތާވަލްގެ 13 ވަނައިގައި އޮތް އެވަޓަން އިން ޖެނުއަރީގައި ސްކޮޑް ވަރުގަދަކުރަން ވިސްނާއިރު، އެކަމަށް ފަންޑް ހޯދަން ބާކްލީ ވިއްކާލަން އެވަޓަންގެ ކޯޗު ރޮބާޓޯ މާޓިނޭޒް ދެކޮޅު ނަހަދާނެ ކަމަށްވެ އެވެ. އެކަމަކު އެެވަޓަން އިން އުންމީދުކުރަނީ ބާކްލީގެ ޓްރާންސްފާ އަށް 45 މިިިލިއަން ޕައުންޑަށްވުރެ ބޮޑު އަގެއް ލިބޭނެ ކަމަށެވެ. ބާކްލީ އަށް ޗެލްސީ އާއި މެންޗެސްޓާ ސިޓީން ވަނީ މީގެ ކުރިން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.