ވިޔަފާރި

ތެލުވެލިގާ ރިސޯޓް އަންނަ މަހު ހުޅުވަނީ

Aug 19, 2015

އދ. އަތޮޅުގައި ތަރައްގީކޮށްފައިވާ "ތެލުވެލިގާ ރިސޯޓް" އަންނަ މަހު ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ކުންފުންޏަކުން އދ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ "ޑްރިފްޓް ތެލުވެލިގާ ރިޓްރީޓް" ރިސޯޓަކީ މި ކުންފުނިން ރާއްޖޭގައި ހިންގަން ފަށާ ފުރަތަމަ ރިސޯޓެވެ. މިއީ ޑްރިފްޓް ރިޓްރީޓް އެންޑް ކްރޫޒް ބްރޭންޑުގައި ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓެވެ.

ކުޑަކުޑަ ހިތްއިމު މި ރަށުގައި ތަރައްގީކޮށްފައިވާ މި ފުރިހަމަ ރިސޯޓުގެ އެއް ގަމުގައި 10 ވިލާ ހުންނައިރު، ކަނޑުގެ ރީތިކަން ފެން ގޮތަށް މޫދަށްވާ ގޮތަށް ހިތްގައިމު 20 ވިލާ ހަދާފައިވެ އެވެ. މީގެ އިތުރުން މި ރިސޯޓުގައި ސްޕާ އާއި ފުރިހަމަ ރެސްޓޯރެންޓެއް ވެސް ހަދާފައިވެ އެވެ. މި ރެސްޓޯރެންޓުގައި އޭޝިޔާގެ މީރު ކެއުންތަކާއި ޔޫރަޕުގެ ގިނަ ކެއުންތަކެއް ލިބެން ހުރެ އެވެ.