ވިޔަފާރި

ބީއެމްއެލް އިން ދެ ލައްކަ ރުފިޔާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް

Nov 18, 2019

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެ ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

ބީއެމްއެލް އިން ބުނީ ޖެނުއަރީ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި، މޯބައިލް ޕޭގެ ހިދުމަތް ބޭނުންކުރާ ޕީޕޭ ބައި ލިންކް ބޭނުން ކަސްޓަމަރުން އަދި މާޗަންޓު ވިޔަފާރި ތަކަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ. އެގޮތުން މޮބައިލް ޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އެކަމަށް ހާއްސަ ކިއުއާރު ކޯޑު ސްކޭން ކޮށްގެންނެވެ.

މި ޕްރޮމޯޝަންގައި QR ކޯޑު ސްކޭންކޮށްގެން ފައިސާ ދައްކާ ފަރާތްތަކުގެ ތެރެއިން ތިން ފަރާތެއް ނަގައި އިނާމު ދޭނެ އެވެ. އަދި ޕީއޯއެސް ބޭނުންކުރާ ވިޔަފާރިތަކަށް ވެސް އިނާމު ލިބޭނެ އެވެ. މިގޮތުން އެއްވަނަ އަށް ދާ ފަރާތަކަށް 30،000ރ. އަދި ދެވަނަ އަށް ދާ ފަރާތަކަށް 20،000 ރުފިޔާ ލިބެ އެވެ. މީގެ އިތުރުން ތިންވަނަ އަށް ދާ ފަރާތަކަށް 10،000 ރުފިޔާ ލިބޭނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާއިރު ކޮންމެ ހަފްތާއަކު ގުރުއަތެއް ނަގައި ފަސް މާޗަންޓު ވިޔަފާރި އާއި ފަސް ކަސްޓަމަރުންނަށް 1000 ރުފިޔާގެ އިނާމެއް ވެސް ދޭނެ އެވެ.