ވިޔަފާރި

މޯލްޑިވްސް ބިޒްނަސް އެވޯޑުގެ ޓައިޓަލް ސްޕޮންސަރަކަށް އެސްޓީއޯ

Nov 19, 2019

މޯލްޑިވްސް ބިޒްނަސް އެވޯޑްސް (އެމްބީއެސް) ގެ ޓައިޓަލް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސައިފި އެވެ.

އެސްޓީއޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެގްޒެކެޓިވް ސެކްރެޓަރީ މަރިޔަމް ޕަރުވީން އެވެ. އަދި އެވޯޑު ބާއްވާ ބްލޭޒަން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހަސަން ހިލްމީ އެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑަކީ ރާއްޖޭގެ އިގްތިސޯދުގެ އެކި ދާއިރާތަކަށް ހާއްސަ ކޮށްގެން ދޭ އެވޯޑެކެވެ. މި އެވޯޑުގެ ދެނީ ވިޔަފާރިތައް ތަރައްގީ ކުރަން ހިތްވަރު ދިނުމަށާއި އަގު ވަޒަން ކުރުމަށެވެ.

މި އެވޯޑުގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ އަވަސް އޮންލައިން އެވެ.