ހަބަރު

ދަތުރުތަކާ ގުޅޭ ސުވާލުތަކެއް ޖާބިރު، ޝާހިދާ ކުރަނީ

Nov 20, 2019
ޖާބިރާއި ޝާހިދު: މިނިސްޓަރާ ސުވާލު ކުރުމަށް ޖާބިރު ވަނީ ހުށަހަޅާފަ --
100%
0%
0%

ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ކުރައްވާ ދަތުރުތަކާ ގުޅޭ ސުވާލުތަކެއް އަބްދުﷲ ޝާހިދާ ކުރެއްވުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވައިފި އެވެ.

މިނިސްޓަރު ޝާހިދާ ސުވާލު ކުރުމަށް ޖާބިރު ހުށަހަޅުއްވާފައިވާއިރު، އޭނާ ވަނީ މިނިސްޓަރު ޝާހިދާއި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކު އެކުގައި އެހާ ގިނަ ދަތުރުތައް ކުރައްވާ ސަބަބު އޮޅުންފިއްލަވަން ބޭނުންވާކަން ހާމަ ކުރައްވާފަ އެވެ.

މިނިސްޓަރާއި ސްޓޭޓް މިނިސްޓަރު އެކުގައި ދަތުރު ކުރުން އެއީ އެހެން ގައުމުތަކުގައި ވެސް އާންމު ކަމެއްތޯ އަދި ދެ ބޭފުޅުން ދަތުރު ކުރައްވަނީ ފަސްޓް ކްލާހުގައިތޯ ބައްލަވަން ބޭނުންވާ ކަމަށް ވެސް ޖާބިރު، ރައްޔިތުންގެ މަޖިލީހަށް ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވާފައިވާ ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.

މީގެއިތުރުން އދ.ގެ އެއްވެސް މަގާމަކަށް ރާއްޖެ ކުރިމަތިލާފައިވޭތޯ އާއި ކުރިމަތިލާފައިވާނަމަ އެކަމަށް ކިހާ ހޭދައެއް ކުރެވޭތޯ އާއި ކިހާ ދަތުރެއް ކުރެވިއްޖެތޯ އޮޅުންފިލުވަން ވެސް ޖާބިރު ވަނީ އެދިފަ އެވެ.

އަބްދުﷲ ޝާހިދު ފޮރިން މިނިސްޓަރު ކަމަށް ވަޑައިގެންނެވި ފަހުން ގިނަ ގައުމުތަކަކަށް ވަނީ ދަތުރު ކުރައްވާފަ އެވެ. އެއީ އިދިކޮޅު ފަރާތްތަކުން ވެސް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒު ކުރާ ކަމެކެވެ. އެހެން ނަމަވެސް މިނިސްޓަރު ޝާހިދު ވަނީ އެކަމަށް ރައްދު ދެއްވުމުގެ ގޮތުން ރާއްޖެ އާއި އެހެން ގައުމުތަކާމެދު އޮތް ގުޅުން އެ ދަތުރުތަކުން ވަަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345