އަބްދުﷲ ޝާހިދު

ޝާހިދު ވަކިކުރުން ސުޕްރީމް ކޯޓަށް ދަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަދި އދ. ގެ އާންމު މަޖިލީހުގެ މި ދައުރުގެ ރައީސް އަބްދުﷲ ޝާހިދު
100%
0%
0%

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފޮރިން މިނިސްޓަރު ކަމުން ވަކިކުރަން ސުޕްރީމް ކޯޓަށް ދާނެ ކަަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ޖާބިރު މިހެން ވިދާޅުވީ ފޮރިން ސާވިސްގެ ބިލާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ޖާބިރު ވިދާޅުވީ ފޮރިން މިނިސްޓަރަކު ނެތި ރާއްްޖެ ހިންގާކަން މިހާރު ސާފުވެއްޖެ ކަމަަށެވެ. އެއީ ޖޯކެއް ނޫންތޯއޭ ވިދާޅުވެ ސުވާލު ވެސް އުފެއްދެވި އެވެ.

ފޮރިން ސާވިސްގެ ބިލެއްގެ ވާހަކަ ދައްކަވާއިރު ފޮރިން މިނިސްޓަރު ނެތުމުގެ ކަންބޮޑުވުން ވެސް ޖާބިރު ފާޅުކުރެއްވި އެވެ. އަދި ބޭރު ދުނިޔެއާ ރާއްޖެ ގުޅުވައިދޭ ބޭފުޅަކީ ފޮރިން މިނިސްޓަރު ކަމަށްވާ އިރު ފޮރިން މިނިސްޓަރު ނެތި ގައުމު ހިންގަން ޖާގަ ނުދިނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

"ރާއްޖެއަކީ މިނިވަން ސޮވަރިން ގައުމެއް. މި ގައުމުގެ ފޮރިން މިނިސްޓަރު ގޮސް އދ. ގައި ކިހިނެއްގޭ މިގައުމު ފޮރިން މިނިސްޓަރު ހިންގާނީ. އޭނާ ސުޕްރީމް ކޯޓަށް ގޮސް ބާލާނަން. މި މަޖިލީހުން އޭނާ ބަހައްޓައިގެން ނުވާނެ. މަޖިލިސް މެމްބަރުން ކުށްވެރިވާނެ. މިކަމާ މަޖިލިސް މެމްބަރުންނަށް ދައުވާ އަންނާނެ. އަޅުގަނޑު މިދަނީ ސުޕްރީމް ކޯޓަށޭ. އެއީ މި މަޖިލީހުން އޭނާ ވައްކެއް ނުކުރެވޭނެ،" ޖާބިރު ވިދާޅުވި އެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށް ފަހު ނިއުޔޯކަށް ވަޑައިގަތީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އަދި އެނބުރި ޝާހިދު ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް ފޮރިން މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޑރ. ރާމީ ޙަސަން މަނިކު ވައިނުޖެހޭގެ

އިބޫ އަށް މިކަމުން ގެއްލުމެއް ނުވާތީ މިކަން އިބޫ ކުރީ. އިބޫ އަށާއި ލަންކާގައި ތިބޭ އިބޫ ގެ ޢާއިލާއަށް ބޭނުން އިރަކު (ފޯނު ކޮށްލީމަ) ލަންކާއިން ވިސާ ލިބޭތީ ޝާހިދުއަށް ދެމަޤާމު އިބޫ ދިނީ. ނަމަވެސް ފޮރިން މިނިސްޓަރެއް ނެތީމަ ލަންކާ ވިސާ ހޯދަންއުޅޭ ލަންކާގައި ތިބޭ ނިކަމެތިން ޖެހެނީ "ގަނަތެޅެން". ނުވަތަ އާދޭސްކޮށް ދެފައިގަފަން. ކިޔަވާކުދިން ވިސާ ހޯދަން ދެދަތުރު ފްލައިޓް-ޓިކެޓަށް ޙަރަދު ކޮށްފައި ލަންކާއަށް އަޅަންޖެހޭ. މިއީ ކޮރޯނާ ގެ ކުރިން އޮންނަ ގޮތެއް ނޫން. ލަންކާ ފަދަ ޤައުމު ތަކުގައި ތިބޭ މީހުން ގެ ޝަކުވާ ގެ އަޑު އަހާ ބަލާނީ ކާކު ތަ ފޮރިން މިނިސްޓަރެއް ނެތި؟؟؟ ޝާހިދު އަކީ ކޮމްޕިއުޓަރެއް ނޫން. އިންސާނެއް. ދުނިޔޭގެ ހުރިހާ ޤައުމެއްގެ ކަންތައް ކޮށްފައި، ލަންކާގައި ތިބޭ މީހުންގެ ވިސާ ގެ ކަންތަކާއި ޝާހިދު ވިސްނާނެ ވަޤުތު ކޮބާ ތަ؟ ހުރިހާ ކަމެއްގައި ވެސް އިބޫ އަށާއި އިބޫގެ ޢާއިލާ އަށް އެކަމަކުން ގެއްލުމެއް ނުވަންޏާ އެކަމެއް ކުރަންވީ! އެ ވަރިހަމަ ނިކަމެތިންނަށް ގެއްލުން ވިޔަސް!!! ވަކިކުރޭ ޝާހިދު!

ޝަމްސް

އިބޫ ގެ މަންމަ މެންތިބި ލަންކާގައި. އެމީހުނަށް އިގިލިކުރި ހިއްލާ ނުލާވެސް ލަންކާއިން ވިސާ ލިބޭނެތާ. ދެން ޝާހިދު ގެ ބޭނުމެއް އިބޫ އަކަށް އިބޫގެ ޢާއިލާ އަކަށް ނެތެއްނު.

ޖާރިޔާ

ޖާބިރެއްކަމަކު އެބުނީ ހަމަ ވަރަށްރަނގަޅު ވާހަކައެއް. ކަންހިނގަންވާނެގޮތް އެބުނީ.

މަރުކަބު ޙަސަނު

ދެއޮޑީގަ ދެފައިވާންކިބަ ބަހައްޓައިގެން ބައި އެޅުން އަޅެދެން ކިޔަވައިގެން މިތިބަހާ މީހުން ބާކީކޮށްގެން ދެއޮޑީގަ ތިމާމީހާ ހުރެގެން މި ޖަހަނީ ކޮން ސަކަރާތެއް މަރުމޯލުންގެ ކަނޑުކޮސް ވިސްނުމުން ސަލާމަތް ވާން ކާނަލް ނާޒިމަށް ވޯޓު ދެއްވާ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345