ހަބަރު

ވަގު ޕާސްޕޯޓެއްގައި ރާއްޖެއައި މީހަކު ހިފަހައްޓައިފި

Nov 21, 2019
1

ނަކަލު ކޮށްފައިވާ ޕާސްޕޯޓެއް ބޭނުން ކޮށްގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއަކު ހިފަހައްޓާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން ބުނީ ވަގު ޕާސްޕޯޓެއް ބޭނުން ކޮށްގެން ރާއްޖެ އެތެރެވާން އުޅެނިކޮށް ވީއައިއޭ އިން ހިފަހައްޓާފައި ވަނީ 27 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ. އިތުރު މައުލޫމާތެއް އިމިގްރޭޝަނުން ދީފައެއް ނުވެ އެވެ.

ވަގު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވާން އުޅޭ މައްސަލަތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑު ތަނުން އިތުރުވެފަ އެވެ. އެގޮތުން، މިދިޔަ މަހު ވެސް އެފަދަ ތިން މީހަކު ހިފަހައްޓާފައިވާއިރު، މި އަހަރުގެ ސެޕްޓެމްބަރާ ހަމައަށް ޝަހްސު އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން އުޅުނު 11 މީހަކު އަތުލައިގެންފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

މި ކަން ހުއްޓުވުމުގެ ގޮތުން ރާއްޖޭގެ ބޯޑަރު ނިޒާމް ވަރުގަދަ ކުރުމުގެ އިތުރުން ހިއުމަން ޓްރެފިކިން އާއި ދެކޮޅަށް ކަމާ ބެހޭ އިދާރާތަކުން ދަނީ މަސައްކަތްތައް ކުރަމުންނެވެ.