ވިޔަފާރި

މިދިޔަ މަހުގެ ނިޔަލަށް 1.4 މިލިއަން ޓޫރިސްޓުން އަތުވެއްޖެ

Nov 21, 2019
1

މިދިޔަ މަހުގެ ނިޔަލަށް 1.4 މިލިއަން ޓޫރިސްޓުން ރާއްޖެ އަތުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އޮކްޓޫބަރު މަހުގެ ނިޔަލަށް 1.4 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ މަހު ރާއްޖެ އަށް އައި ޓޫރިސްޓުންނާ އަޅާ ބަލާއިރު 15.4 ޕަސެންޓް އިތުރުވެފަ އެވެ.

ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީން އޮކްޓޫބަރު މަހުގެ ނިޔަލަށް ޔޫރަޕުން 665،545 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 14.9 ޕަސެންޓުގެ އިތުރުވުމެކެވެ.

މިދިޔަ މަހު އެންމެ ގިނައިން މީހުން އައިސްފައިވަނީ ޗައިނާ އިން ނެވެ. އެ ގައުމުން 252،275 މީހުން އައިސްފައިވެ އެވެ. އެ ގައުމުން އައި މީހުންގެ އަދަދު ވަނީ 1.8 ޕަސެންޓު އިތުރުވެފަ އެވެ. އަދި ދެވަނަ އަށް އެންމެ ގިނައިން މީހުން އައިސްފައި ވަނީ އިންޑިއާ އިންނެވެ. އެ ގައުމުން 130،617 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އިންޑިއާއިން އައި ޓޫރިސްޓުންނާ އަޅާ ބަލާއިރު 103 ޕަސެންޓުގެ އިތުރުވުމެކެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި މިމަހުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމްގައި މިހާތަނަށް އެންމެ ގިނަ މީހުން އަންނަ އަދަދު ހަމަވާނެ އެވެ. އެއީ 1.5 މިލިއަން މީހުންނެވެ. އަދި މި އަހަރުގެ ނިޔަލަށް 1.6 މިލިއަން މީހުން އަންނާނެ ކަމަށް ބުނެފައިވެ އެވެ.