ލައިފްސްޓައިލް

ފޭކް ދިރި އުފައްދައިގެން ވިއްކާ ގޭންގެއް އަތުލައިގެންފި

މޭވާ އާއި ތަރުކާރީއަށް ތަފާތު ކެމިކަލް އިންޖެކްޓްކޮށްގެން ބާޒާރުގައި ވިއްކާ ވާހަކައަކީ ވަރަށް ކުރިއްސުރެ އިވެމުންދާ އަޑެކެވެ. ނަމަވެސް އަހަރެމެން ބޭނުންކުރާ ހަވާދުގެ ބާވަތްތަކުގައި ވެސް ފޭކް އެއްޗެތި ހުރެދާނެ ކަމަށް ގަބޫލު ކުރެވިފައިވަނީ ކިތައް މީހުންނަށް ހެއްޔެވެ؟ އަހަރެމެން ކާ ކޮންމެ އެއްޗަކާ މެދު ސުވާލު އުފެއްދުމުގެ ޖާގަ އިންޑިއާގެ ދިއްލީގައި ހިނގި މި ހާދިސާގެ ސަބަބުން ލިބެ އެވެ.

މޭވާ އާއި ތަރުކާރީއަށް ތަފާތު ކެމިކަލް އިންޖެކްޓްކޮށްގެން ބާޒާރުގައި ވިއްކާ ވާހަކައަކީ ވަރަށް ކުރިއްސުރެ އިވެމުންދާ އަޑެކެވެ. ނަމަވެސް އަހަރެމެން ބޭނުންކުރާ ހަވާދުގެ ބާވަތްތަކުގައި ވެސް ފޭކް އެއްޗެތި ހުރެދާނެ ކަމަށް ގަބޫލު ކުރެވިފައިވަނީ ކިތައް މީހުންނަށް ހެއްޔެވެ؟ އަހަރެމެން ކާ ކޮންމެ އެއްޗަކާ މެދު ސުވާލު އުފެއްދުމުގެ ޖާގަ އިންޑިއާގެ ދިއްލީގައި ހިނގި މި ހާދިސާގެ ސަބަބުން ލިބެ އެވެ.

ދިއްލީ ފުލުހުން ދާދިފަހުން ވަނީ ބަވާނާ ކިޔާ ސަރަހައްދެއްގައި ކިއުމިން ސީޑް ނުވަތަ ދިރީގެ ފޭކް ދިރި އުފައްދާ ވިއްކުމުގެ ވިޔަފާރިކުރާ ގޭންގެއް އަތުލައިގެންފަ އެވެ. ފަސް މީހުން ހިމެނޭ މި ގޭންގްގެ މީހުންތައް ހައްޔަރުކުރިއިރު އެމީހުންގެ އަތުގައި 20،000 ކިލޯގްރާމް ފޭކް ދިރި ހުރިކަމަށް އިންޑިއާގެ ނޫހެއްގައި ރިޕޯޓެއްގައި ބުނެފައި ވެއެވެ.
އިންޑިއާގެ ފުލުހުން ބުނި ގޮތުގައި ފޭކް ދިރި ކިލޯއެއް މި މީހުން ވިއްކަނީ 20 ރުޕީސް އަށެވެ. ހަގީގަތުގައި ދިރި ކިލޯއެއް ބާޒާރުން ގަންނަން ލިބެނީ 400 ރުޕީސް އަށެވެ.

އައުޓާ ނޯތު ޑިސްޓްރިކްޓްގެ ޑެޕިއުޓީ ކޮމިޝަނަރު ގޯރަވް ޝަރުމާ ވިދާޅުވެފައިވާ ގޮތުގައި ފުލުހުންނަށް މި ފޭކް ދިރި އުފައްދާ ފެކްޓްރީގެ މައުލޫމާތު ލިބިގެން އެ ފެކްޓްރީ ރެއިޑް ކުރިއިރު ވެސް އެތަނުގައި ފޭކް ދިރި އުފެއްދުމުގެ މަސައްކަތް ކުރަން މީހުން ތިއްބެވެ.

އެ ފެކްޓްރީގައި ފޭކް ދިރި އުފައްދަނީ ވިހަ އާއި ހިމުން ހިލަ އަދި ޝީރާ (ގްރާސް ސީޑްސް) އެއްކޮށްގެނެވެ. މިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހުން ފުލުހުންނަށް ބަޔާން ދީފައިވާ ގޮތުގައި މިއީ އެމީހުންގެ އަވަށުގައި ވެސް މީހުން ކޮށް އުޅޭ ކަމެކެވެ. އެމީހުން މި މަސައްކަތް ދަސްކުރީ އަވަށުގެ މީހުން ކައިރިންނެވެ.

ފޭކް ދިރި އުފައްދަނީ ގްރާސް ސީޑްސް އާއި ސްޓޯން ޑަސްޓް، ސެމޮލީނާ އާއި ގްރާސް ޕޭސްޓް އެއްކޮށްގެނެވެ. މި ހުރިހާ އެއްޗެތި އެއްކޮށް ތައްޔާރު ކުރުމުން ހުންނަނީ އަސްލު ދިރި ހުންނަ ހެންނެވެ.

ފޭކް ދިރި އުފައްދާ މީހުން ބުނެފައިވާ ގޮތުގައި އެމީހުން ރޯ މެޓީރިއަލްސް ހޯދަނީ ރާޖަސްތާނުންނެވެ. އަދި ފޭކް ދިރި އުފައްދާ އެ ތަކެތި ވިއްކަނީ ޔޫޕީ އާއި ރާޖަސްތާނަށެވެ. މި ތަކެތި ވިއްކަނީ އަސްލު ދިރި އާއި މި މީހުން އުފައްދާ ދިރި 80:20 ޕްރޮޕޯޝަނަށް އަޅައި އެއްކޮށްގެންނެވެ. މި މީޙުން ގިނަ ދުވަސްތަކެއް ވަންދެން އެއްތަނެއްގައި މަސައްކަތް ކުރާކަށް ނުތިބެ އެވެ. ވިއްސަކަށް ދުވަހު އެއް ތަނެއްގައި ތިބެފައި އަނެއްކާވެސް އެހެން ސަރަހައްދަކަށް ބަދަލުވަނީ އެވެ.

އިންޑިއާގެ ނޫހަކަށް ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ވިދާޅުވެފައިވާ ގޮތުގައި މި މީހުން ހައްޔަރުކުރިއިރު އެ މީހުންގެ އަތުގައި 19،400 ކިލޯގްރާމް ފޭކް ޖީރާ (ދިރި) ހުއްޓެވެ. އަދި 5250 ކިލޯގްރާމް ސްޓޯން ޕައުޑަރު، 1600 ކިލޯގްރާމް ގްރާސް (ހިކި ހުއި) އަދި 1225 ގްރާމް ޝީރާ (ގްރާސް ވީޑް) ވެސް ހުއްޓެވެ.