އެމްޑީޕީ

އެމްޑީޕީގެ ހިންގުން މިފަހަރުވެސް ނަޝީދާއި، ޝިފާޒަށް

އެމްޑީޕީގެ ލީޑަޝިޕްގެ އިންތިހާބުގައި އެ ޕާޓީގެ ރައީސް ކަމަށް އާ ދައުރަކަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އަދި ނައިބު ރައީސަކަށް ކުރިން ވެސް އެ މަގާމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް އިންތިޚާބު ވެއްޖެ އެވެ.

މިއަދު މެންދުރު ފަހު 2:00 ފެށިގެން އިރޮއޮއްސި 7:00 ޖެހުމާއި ހަމައަށް މި އިންތިޚާބުގައި ވޯޓް ނެގުން ވަނީ ކުރިއަށް ގެންގޮސްފައެވެ. މާލެއާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވޯޓް ފޮށިތައް ވަނީ ބަހައްޓާފަ އެވެ.

ޖުމްލަ 87،439 މެންބަރަކަށް ވޯޓް ލުމުގެ ހައްގު ލިބިފައިވި އިންތިޚާބުގެ ވަގުތީ ނަތީޖާތައް މިހާރު ދަނީ އިއުލާނު ކުރަމުންނެވެ. ގިނަ މަރުކަޒުތަކުގައި މިހާރު ވަނީ ވަގުތީ ނަތީޖާ އިއުލާނުކޮށް ނިމިފަ އެވެ.

އިންތިޚާބުގެ ގިނަ ނަތީޖާތައް ސާފުވެފައިވާއިރު އެމްޑީޕީގެ ރައީސް ކަމަށް އާ ދައުރަކަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އަދި ނާއިބު ރައީސަކަށް ކުރިން ވެސް އެ މަގާމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް ވަނީ އިންތިޚާބުވެފަ އެވެ.