އެންމެ ފުރަތަމަ ސްޕޭސް އެކްސް ކުންފުނީގެ ވެރިޔާ އިލޯން މަސްކު މާސްއަށް ނިއުކިލިއާ ހަމަލާއެއް ދޭން ފެންނަ ކަމަށް ވިދާޅުވުމުން ގިނަ ބަޔަކު އެކަމާ ޖޯކު ޖެހި އެވެ. ނަމަވެސް ސައިންސްގެ ހޯދުންތަކުން ދައްކާ ގޮތުގައި ވީހާވެސް ފަސޭހަ ގޮތުގައި އިންސާނުންނަށް އެކަށީގެންވާ ވެއްޓެއް މާސްގައި ގާއިމް ކުރެވޭނީ ނިއުކްލިއާ ހަމަލާއެއް ދީގެނެވެ. އެ ވާހަކަ އިލޯން މިހާރު ނުދެއްކި ނަމަވެސް ސްޕޭސް އެކްސް ކުންފުނިން ދަނީ މިކަން ހަގީގަތަކަށް ހަަދަން މަސައްކަތް ކުރަމުންނެވެ. މިކަމާ ކޮންމެ ވެސް ވަރަކަށް ނާސާއިން ވެސް ދެކޮޅުހަދަ އެވެ.
ނާސާއިން ވަނީ މީގެ ކުރިން އެމީހުން އާންމު ނުކޮށްހުރި ބައެއް މައުލޫމާތު އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި ހަނދަށް ނިއުކްލިއާ ހަމަލާއެއް ދީ އިންސާނުނަށް އެކަށީގެންވާ ވެއްޓެއް ގާއިމް ކުރުމުގެ މަސައްކަތް ހިމެނެ އެވެ. މިކަން ފެށުނީ އެޕޯލޯ 11 ގައި ބައިވެރިވި އަދި އެންމެ ފުރަތަމަ ހަނދަށް ފޭބި އެސްޓްރޮނޯޓު ނީލް އާމްސްޓްރޯންގް ދިން މައުލޫމާތަކާ ގުޅިގެންނެވެ.
އެޕޯލާ 11 އިގެ މިޝަނަށް މިހާރު ވަނީ ބައި ގަރުނު ވެފަ އެވެ. އެހެންކަމުން ނާސާއިން ހަނދަށް ނިއުކްލިއާ ހަމަލާއެއް ދޭން ވިސްނަމުންދާތާ ވެސް މިހާރު ބައި ގަރުނުވީ އެވެ. ބުނެވޭ ގޮތުގައި ނީލް އާމްސްޓްރޯންގް އެ މައުލޫމާތެއް ދިން ވަގުތު ނާސާއިން އެއްކޮށް ކަރަންޓު ދިޔަ އެވެ. ކަރަންޓު ނުގޮސް ހުރީ ވަކި ބަޔަކަށް އޮތޮރައިޒް އޮންނަ ކޮޓަރިއެއްގަ އެވެ. އޭރު ނާސާގެ ހުރިހާ ވެރިން ތިބީ އެ ކޮޓަރީގަ އެވެ. އެދިން މައުލޫމާތެއް އަދި އަދަށް ވެސް ނާސާއިން އާންމެއް ނުކުރެ އެވެ.
ނާސާއިން ވަނީ ކުރިއަށް އޮތް އަހަރު ތަކަށް ވަރަށް ގިނަ ޖައްވީ މިޝަންތަށް ހިމާނާފަ އެވެ. އޭގެ ތެރޭގައި ތިން ފަހަރަށް އަލުން ހަނދަށް ދިޔުން ހިމެނެ އެވެ. މީގެ ތެރެއިން އެއް މިޝަނުގެ މަސައްކަތް މިހާރު ވަނީ މުޅިން ނިމެން ކައިރިވެފަ އެވެ. ނާސާއިން ޖައްވީ މިޝަންތަކުގެ މައުލޫމާތު ދޭ ކޮންމެ ފަހަރަކު 2028 ވަނަ އަހަރުގެ ފަހުން ދުނިޔޭގައި އިންސާނުން އުޅޭހެން ހަނދުގައި އުޅެވޭނެ ކަަމަށް ބެލެވޭ ކަމަށް ބުނެ އެވެ. މިހާތަނަށް ހަނދާއި ބެހޭގޮތުން އެންމެ ގިނަ މައުލޫމާތު ހޯދާފައިވަނީ ވެސް ނާސާއިންނެވެ.
ނަން ނުޖަހާ ގޮތަށް ޖައްވީ ހަބަރުތަށް ގެނެސްދޭ ނޫހަކަށް މައުލޫމާތު ދިން ނާސާގެ އިސް މިޝަން ކޮންޓްރޯލާއަކު ވިދާޅުވީ، އެ އިދާރާއިން 2024 ވަނަ އަހަރު ކުރިއަށް ގެންދާ ހަނދަށް ދިޔުމުގެ މިޝަނުގެ ތެރެއިން ބައިނަލް އަގްވާމީ ސްޕޭސް ސްޓޭޝަނަށް ނިއުކްލިއާ ރޮކެޓެއް ގެންދާނެ އެެވެ. އިތުރު މައުލޫމާތެއް ނުދެ އެވެ.
ފަންސާސް އަަހަރު ކުރިން ވެސް ނާސާއަށް އެމީހުން ބޭނުމިއްޔާ ހަނދަށް ނިއުކްލިއާ ހަމަލާއެއް ދެވިދާނެ އެެވެ. އެކަން ނުކޮށް ލަސްކުރީ އެމެރިކާގެ ރައްޔިތުން އަދި އޭރުގެ ވާދަވެރި ރަޝިއާގެ ޖައްވީ އިދާރާއިން އެކަން ބޮޑު ކޮށްފާނެތީ އެވެ. ނާސާއިން ދެކޭ ގޮތުގައި ހަނދަށް ނިއުކްލިއާ ހަމަލާއެއް ދިނުމަށް އެމީހުނަށް މިހާރު އެއްވެސް ދައްޗެއް ނެތެވެ. ސަބަބަކީ ދުނިޔޭގެ ގިނަ ޖައްވީ އިދާރާތަކުން ނާސާއާ ގުޅިގެން އެގައުމުތަކުގެ ޖައްވީ މިޝަންތަށް ކުރިއަށް ގެންދަން ނިންމާފައި ވާތީ އެވެ. މީގެ އިތުރުން ނާސާއިން ގެންދަނީ ގައުމުތަކުގެ ޖައްވީ އިދާރާތަކާ ފައިސާގެ އެހީ ވެސް ދެމުންނެވެ.