ވިޔަފާރި

ކްރޮސްރޯޑްސްގައި ލެ ޕާފިއުމްގެ ފިހާރައެއް

Nov 23, 2019

ސެންޓާއި ކޮސްމެޓިކްސްގެ ވިޔަފާރި ކުރާ ލެ ޕާފިއުމްގެ ފިހާރައެއް ކްރޮސްރޯޑްސް މޯލްޑިވްސްގައި ހުޅުވައިފި އެވެ.

މާލޭގައި ވެސް ފިހާރައެެއް ހިންގާ، ލެ ޕާފިއުމް ކްރޮސްރޯޑް މޯލްޑިވްސް ގައި ހުޅުވި ފިހާރަ އިން ވެސް ސެންޓާއި ކޮންސެޓިކްސް ލިބެން ހުރެ އެވެ.

ލެ ޕާފިއުމް ފިހާރަ ހުޅުވުމާ ދިމާކޮށް، އެ ފިހާރަ އިން ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް ވަނީ ފަށާފަ އެވެ. މި ޕްރޮމޯޝަންގައި 100 ޑޮލަރާ ހަމައަށް ސެންޓާއި ކޮސްމެޓިކްސް ގަތުމުން 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބެ އެވެ.