ޖައްވީ އިދާރާތަކުން ވީނަސް ދިރާސާ ކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ވަނީ ފަށައިފަ އެވެ. ވީނަސް އާ ބެހޭ ގޮތުން މާގިނަ މައުލޫމާތެއް އެއްވެސް ޖައްވީ އިދާރާއަކަށް ނޭނގެ އެވެ. ޖައްވީ ކަންކަމުގައި ފަހު ބަސް ބުނާ ނާސާއަކަށް ވެސް ނޭނގެ އެވެ. ނާސާއިން ގިނަ މިޝަންތަކެއް ރާވާފައިވީ ކަމުގައި ވިޔަސް އެންމެ އިސް ކަމެއް ދީފައިވަނީ ވީނަސް ދިރާސާ ކުރުމަށެވެ. އެކަން ކުރުމަށް ސެޓްލައިޓުތަކާއި ޖައްވީ އުޅަނދުތަށް ތައްޔާރު ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.
ނާސާއިން ވަނީ މީގެ ކުރިން ވެސް ވީނަސްގެ ދިރާސާތަކެއް ކޮށްފަ އެވެ. އެ ދިރާސާތަކުން ހާމަވި ގޮތުގައި ވީނަސްގައި ކޮންމެ ހެންވެސް ތަހުލީލު ކުރަން ޖެހޭ ކަޅު ބިތެއް އެބަ އޮތެވެ.
ހުރިހާ ޖައްވީ އިދާރާތަކުން ވެސް އާންމު ގޮތެއްގައި ދިރާސާ ކުރުމަށް ބޭނުންކުރާ އުޅަނދުތަކަކީ އެއް ކިއްސަރަކަށް ހުންނަ އުޅަނދުތަކެވެ. މި އަހަރު ބައެއް ޖައްވީ އިދާރާތަކުން ވަނީ އުޅަނދުތަކުގެ ސިފައަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެންމެ ބޮޑު ބަދަލެއް ގެނެސްފައި ވަނީ އެމެރިކާގެ ނިއުޔޯކުގައި ހުންނަ ޔުނިވާސިޓީ އޮފް ބަފަލޯ އިންނެވެ. މިއީ ނާސާއާ ވާދަކުރަމުންދާ ޔުނިވާސިޓީ އެކެވެ.
މި ޔުނިވާސިޓީން މިހާރު ތައްޔާރު ވަމުންދަނީ ސްޓިންގް ރޭ ސިފައަށް ހުންނަ ޖައްވީ އުޅަނދެއް ބަނުމަށެވެ. ބޭނުމަކީ ނާސާއަށް ވުރެ ކުރިން ވީނަސްގެ ކަޅު ބިތުގެ މައުލޫމާތު ހޯދައި ދިރާސާކޮށް އާންމު ކުރުމެވެ.
ބަފަލޯ ޔުނިވާސިޓީއަކީ ނާސާއަށް ވާދަވެރި ކަން އޮންނަ ތަނަކަށް ވިޔަސް ނާސާއިން ވަނީ ބަފަލޯ ޔުނިވާސިޓީގެ މިޝަނަށް އެހީތެރިކަން ފޯރުކޮށް ދޭން ނިންމާފަ އެވެ. އެގޮތުން ސްޓިންގް ރޭ ސިފައަށް ހުންނަ މި އުޅަނދު ވީނަސްގެ ދިރާސާއަށް ބޭނުން ކުރުން ރަނގަޅު ވާނެ ކަމަށް ނިންމީ ނާސާގެ ސައިންސްވެރިންނެވެ.
މިއާއެކު އެ ޔުނިވާސިޓީގެ އިތުރު 12 އުޅަނދެއް ވެސް ނާސާގެ މިޝަންތަކުގައި ބޭނުންކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ނާސާއިން ކުރާނެ ކަމަކީ މި އުޅަނދުތައް ޖައްވަށް ފޮނުވައި ދިނުމެވެ. އިތުރު އެއްވެސް ކަމެއްގައި ބައިވެރިއެއް ނުވާނެ އެވެ.
ނާސާއިން ގަބޫލުކުރާ ގޮތުގައި ފަތި އުޅަނދު ބޭނުން ކުރުމުން ޕްލެނެޓްތަށް ދިރާސާ ކުރުމަށް ފަސޭހަވާނެ އެވެ. ސަބަބަކީ އުޅަނދު ފަތިވެ އަދި ބަރުވުމުގެ ސަބަބުން ޖައްވުގައި އުފެދޭ ތޫފާންތަކުގެ އަސަރު އުޅަނދަށް ކުރާލެއް ކުޑަވާނެ އެވެ. އަދި އުޅަނދުގެ ދުވެލި ވެސް ހަލުއި ވާނެއެވެ. މީގެ އިތުރުން ގިނިހިލަތަކުން ސަލާމަތްވުމުގެ ފުރުސަތު ވެސް ބޮޑުވާނެ އެވެ.
މި އުޅަނދުގެ ހުރިހާ ކޮންޓްރޯލެއް ބަލަހައްޓާނީ ބަފަލޯ ޔުނިވާސިޓީން އިންނެވެ. މާނައަކީ އެހެން ޖައްވީ އުޅަނދުތައް ގޮތަށް އަމިއްލައަށް ދަތުރުކޮށެއް ނުހާދާނެ އެވެ. ބަފަލޯ ޔުނިވާސިޓީން ވަނީ މިހާރު އުޅަނދު ކޮންޓްރޯލް ކުރާނެ ގޮތްތައް ވެސް ހޯދައިފަ އެވެ. މި އުޅަނދު ތައްޔާރުކުރާނެ މެޓީރިއަލް އަދި އުޅަނދުގައި އަޅާނެ އިންޖީނުގެ މައުލޫމާތެއް އަދި ނުދެ އެެވެ. އުޅަނދު ފަތި ވުމުގެ ސަބަބުން އެެހެން ޖައްވީ އުޅަނދުތަކުގައި އަޅާ ފަދަ އިންޖީނެއް އެޅުމުގެ ފުރުސަތު ކުޑަވާނެ އެވެ. އެހެންކަމުން މި އުޅަނދަށް ހާއްސަ އިންޖީނެއް އަލުން ތައްޔާރު ކުރާނެ ކަމަށް ބެލެވެ އެވެ.