ހަބަރު

އަތުލައިގަތް 7 ބޯޓު ހުޅުމާލެ ބަނދަރަށް ގެންގޮސްފި

ސިފައިން އަތުލައިގަތް ސްރިލަންކާގެ މަސް ބޯޓުތަށް- މި ބޯޓުތަށް ވަނީ މިހާރު ހުޅުމާލެއަށް ގެނެސްފައި- ފޮޓޯ- އެމްއެންޑީއެފް
0%
0%
0%

މިދިޔަ ބުރާސްފަތި ދުވަހު ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް އަތުލައިގަތް ސްރިލަންކާގެ ހަތް މަސް ބޯޓު ރޭ ފަތިހު ހުޅުމާލޭ ބަނދަރަށް ގެންގޮސްފި އެވެ.

ރާއްހޭގެ އިގްތިސޯދީ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މި ބޯޓުތަށް އުޅެމުންދާ ކަމުގެ މައުލޫމާތު ސިފައިންނަށް ލިބިފައިވަނީ މި ދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ. އަދި އެއާއެކު ބޯޓުތަށް އަތުލައި ގަތުމަށް ކޯސްޓުގާޑުން ވަނީ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. ބޯޓުތަށް އަތުލައިގަތީ އެ އޮޕަރޭޝަންގަ އެވެ.

ކޯސްޓްގާޑުން، މި ބޯޓުތައް ހިފަަހައްޓާފައި ވަނީ މާލޭގެ އިރުން 175 ނޯޓިކަލް މޭލު ބޭރުންނެވެ. އަދި މި ބޯޓުތަކުގެ ތެރެއިން ދެބޯޓެއް ހިފަހައްޓާފައި ވަނީ ދާ އަޅައިގެން މަސްވެރިކަން ކުރަމުން ދަނިކޮށް ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފަ އެވެ.

މީގެ ކުރިންވެސް ވަރަށް ގިނައިން ސްރީ ލަންކާ އަދި އިންޑިއާގެ މަސްވެރި އުޅަދުތައް މިގޮތަށް ވަނީ އަތުލައިގެންފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345