ހިލަވެލި ބަރުކޮށްގެން ހަތަރު މީހުނާއެކު ދަތުރުކުރި ދޯންޏެއް ހުޅުމާލެ ކައިރިން އަޑިއަށް ގޮސްފި އެވެ.
އެމްއެންޑީއެފުން ބުނީ ދޯނި އަޑިއަށް ދާން ފެށުމުން އޭގައި ތިބި މީހުން ފުންމާލައި ފަތާފައި ހުޅުމާލެއަށް އަރާ ސަލާމަތް ހޯދި ކަމަށެވެ. އެ މީހުންގެ ހާލު ރަނގަޅެވެ. އަނިޔާއެއް ލިބިފައެއް ވެސް ނުވެ އެވެ. ދޯނި އަޑިއަށް ދާން ފެށު އިރު އޭގައި ތިބީ ބިދޭސީ ތިން މީހަކާއި ދިވެއްސެކެވެ.
ދޯނި ފެންމަތި ކުރަން ވެރިފަރާތާއެކު އެމްއެންޑީއެފުން ވަނީ މަސައްކަތް ފަށާފަ އެވެ.