ހަބަރު

އީސީއަށް ފުއާދު އައްޔަން ކުރައްވައިފި

Nov 24, 2019
1

އިލެކްޝަން ކޮމިޝަންގެ މެންބަރު ކަމަށް އެ ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގް އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އީސީ މެންބަރު ކަމުގެ ލިޔުން ފުއާދުއާ ހަވާލު ކުރައްވާފައިވާ ކަމަށެވެ. އަދި ފުއާދަށް ހުވައިލައިދެއްވާނީ ސުޕްރީމް ކޯޓަށް އަލަށް އައްޔަން ކުރެއްވި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ފުއާދަކީ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އީސީގެ ރައީސްގެ މަގާމްގައި ހުންނެވި ބޭފުޅެކެވެ. އެގޮތުން 2008 އަކުން 2014 ވަނަ އަހަރާ ހަމަޔަށް ފުއާދު އީސީގައި މަސައްކަތް ކުރެއްވި އެވެ.

ރައީސް އޮފީހުގައި މިއަދު ވަނީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރު ކަމަށް ވިލިމާލެ ދިވެތި ރިޓަޔާޑް ކާނަލް އަހުމަދު ޖިހާދު ވެސް އައްޔަން ކުރައްވައި، ލިޔުން ހަވާލު ކުރައްވައިފަ އެވެ.