މީރާ

ޓެކުހުގެ ގޮތުގައި 1.4 މިލިއަން ރުފިޔާ ދައްކަން ޖެހިއްޖެ

ޓެން ފޯޓީ ޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޓެކުހުގެ ގޮތުގައި 1.4 މިލިއަން ރުފިޔާ ދައްކަން، ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނެރެފައިވާ ބަޔާނެއްގައި ބުނި ގޮތުގައި، ޓެން ފޯޓީ ޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އެ ފައިސާ ދައްކަން ހުކުމް ކޮށްފައިވަނީ ޖީއެސްޓީ ދައްކަން ޖެހޭ ދުވަހަށް އެ ފައިސާ ދައްކާފައި ނުވާތީ އެވެ.

މީރާއިން ބުނީ ޖީއެސްޓީ އާއި އެއާ ގުޅޭ ޖޫރިމަނާގެ ފައިސާ މީރާއަށް ދައްކަން ކުރިން ތަކުރާރުކޮށް އެދުމުން ވެސް އެ ކުންފުނިން އެ ފައިސާ ދައްކާފައި ނުވާ ކަމަށެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތުން ޖީއެސްޓީ އާއިއެއާ ގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 1,404,154ރ ހަތް މަސްދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރަން ޖެހެ އެވެ.