ޖޭއެސްސީ

މެޖިސްޓްރޭޓުންގެ ފޯނު އެލަވަންސަށް 500 ރުފިޔާ ދެނީ

އެހެން ފަނޑިޔާރުންނެކޭ އެއްގޮތަށް މެޖިސްޓްރޭޓުންނަށް ފޯނު އެލެވެންސް ދޭން ޖެހޭނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

އެ ކޮމިޝަނުން ނިންމީ މެޖިސްޓްރޭޓުންގެ ފޯން އެލެވެންސްގެ ގޮތުގައި މަހަކު 500 ރުފިޔާ ހަމަޖައްސައިދޭން ރައްޔިތުންގެ މަޖިލީހުގައި އެދޭށެވެ.

ޖޭއެސްސީ އިން ބުނީ ފޯނު އެލެވެންސްގެ އިތުރުން ވެސް ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގައި ވެސް ފަނޑިޔާރުންނަށް ބައިވެރިވޭވޭނެ ފުރުސަތު ވީހާވެސް ފުޅާ ގޮތެއްގައި ހުޅުވާލުމަށް ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލަން ޑިޕާޓްމެންްޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި އެދޭނެ ކަމަށެވެ.