ސިޔާސީ ދައުވާތައް އުފުލައި އެކަހެރި ކުރުމަށް މަސައްކަތް ކުރަމުން ދަނީ މިހާރު ފެންނާާން ތިބި ސިޔާސީ ލީޑަރުންގެ ތެރެއިން އެމްޑީޕީއަށް ގުޑުވައި ނުލެވޭނެ ހަމައެކަނި ލީޑަރަކީ އެމަނިކުފާނަށް ވާތީ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމަށް އަލަށް ގުޅުނު މެންބަރުންތަކެއްގެ ފޯމް ހަވާލު ކުރަން މިރޭ ބޭއްވި ހަފުލާއެއްގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާ ގުޅޭ ގޮތުން ވަރަށް ތަފްސީލްކޮށް މިރޭ ވާހަކަފުޅު ދައްކަވާފަ އެވެ. އަދި މިރޭވެސް އެމަނިކުފާނު ވަނީ އެއީ ސިޔާސީ ދައުވާއެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
ރައީސް ޔާމީން ވިދާޅުވީ 1 މިލިއަން ޑޮލަރުން ކުރެވުނު ތުހުމަތު އެންމެ ފަހުން ބަދަލުވީ 19،000 ޑޮލަރަށް ކަމަށެވެ. އަދި ދައުވާގެ ޝަރީއަތްތަކުގައި ދެކެވުނު ވާހަކަތަކުން މިއީ އަސްލެއްގެ މައްޗަށް ބިނާކޮށް އުުފުލާފައިވާ ދައުވާއެއް ނޫންކަން ވެސް ހާމަވާ ކަމަށެވެ.
ޔާމީން ވިދާޅުވީ އެމްޑީޕީއަކީ އެމަނިކުފާނު ދެކެ "ވަރަށް ލޯބިވާ" ބަޔަކު ތިބި ޕާޓީއެއް ކަމަށާ ސިޔާސީ މައިދާނުން އެކަހެރިކުރަން މަސައްކަތް ކުރަނީ ވެސް އެހެންވެގެން ކަމަށެވެ.
"އެމްޑީޕީއަކީ ޝައްކެއްވެސް ނެތް ގޮތުގައި އަޅުގަނޑު ދެކެ 'ލޯބިވާ' ޕާޓީއެއް. އެއީ ސަބަބެއް ނެތި އެއް ނޫން... އެއީ ދިވެހި ރާއްޖެ އުފެއްދި ކަމަށް ބުނާ ހުރިހާ ސިޔާސީ ލީޑަރުން، ކޮބައިތޯ އެ ހުރިހާ. ހުރިހާ އެންމެން އެ ތިބީ ނިގޫ ފިތިފަ ތިބީމަ އެ ތިބީ އެމްޑީޕީއާ އެކީ... އެހެންވީމަ އެމްޑީޕީ އަޅުގަނޑު ދެކެ ލޯބިވަނީ. އެ މީހުންނަށް އެނގޭނެ ދުވަހަކު ވެސް އަޅުގަނޑު ސަލާމަތް ބުއްދި ހުރި ކަމަށްވަންޏާ އަޅުގަނޑު އެމްޑީޕީގެ ސަފަކަށް ނުދާނެކަން. ހަމައެކަނި މިހާރު މި ފެންނަ ސިޔާސީ ލީޑަރުންގެ ތެރޭގައި ގުޑުވާ ނުލެވޭނެ މީހަކަށް ހުންނާނެ މީހަކީ އަޅުގަނޑު." ރައީސް ޔާމީން ވިދާޅުވި އެވެ.
އެމްޑީޕީއަކީ ޝައްކެއްވެސް ނެތް ގޮތުގައި އަޅުގަނޑު ދެކެ 'ލޯބިވާ' ޕާޓީއެއް. އެއީ ސަބަބެއް ނެތި އެއް ނޫން... އެއީ ދިވެހި ރާއްޖެ އުފެއްދި ކަމަށް ބުނާ ހުރިހާ ސިޔާސީ ލީޑަރުން، ކޮބައިތޯ އެ ހުރިހާ. ހުރިހާ އެންމެން އެ ތިބީ ނިގޫ ފިތިފަ ތިބީމަ އެ ތިބީ އެމްޑީޕީއާ އެކީ... އެހެންވީމަ އެމްޑީޕީ އަޅުގަނޑު ދެކެ ލޯބިވަނީ. އެ މީހުންނަށް އެނގޭނެ ދުވަހަކު ވެސް އަޅުގަނޑު ސަލާމަތް ބުއްދި ހުރި ކަމަށްވަންޏާ އަޅުގަނޑު އެމްޑީޕީގެ ސަފަކަށް ނުދާނެކަން. ހަމައެކަނި މިހާރު މި ފެންނަ ސިޔާސީ ލީޑަރުންގެ ތެރޭގައި ގުޑުވާ ނުލެވޭނެ މީހަކަށް ހުންނާނެ މީހަކީ އަޅުގަނޑުއަބްދުﷲ ޔާމީން | ކުރީގެ ރައީސް
ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނު ވެރިކަމުގައި ހުންނެވިއިރު އޭރުގެ އިދިކޮޅު އޮތީ އެމަނިކުފާނު ވެރިކަމުން ދުރުކުރެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތުގައި ކަމަށެވެ. މިއަދު އުފުލާފައިވާ ދައުވާއަކީ ސައްހަ ދައުވާއެއް ކަމަށް ވާނަމަ އޭރު އެ މައްސަލަ ނޫފުލީ ކީއްވެގެންތޯ ވެސް ރައީސް ޔާމީން ވަނީ ސުވާލު ކުރެއްވި އެވެ.
އެއީ 2015 ވަނަ އަހަރު ހިނގައިދިޔަ ކަމެއް ކަމަށާ އެ މައްސަލަ މިއަދު ނަގައިގެން އުޅުމުން އެއީ އަސާސެއް ނެތް ކަމެއްކަން ހާމަވާ ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑަށް އެނގޭ އޭރުވެސް އެމީހުން [އޭރުގެ އިިދިކޮޅު ފަރާތްތައް] އަޅުގަނޑަށް ފާރަލަމުން ދިޔަކަން. ރައީސް އޮފީސް ތެރެއިން ވެސް އެމީހުން ސިއްރުން މައުލޫމާތު ގެންދާކަން ވެސް އަޅުގަނޑަށް އެނގޭ. އެކަމަކު އެއީ އަޅުގަނޑަށް ބެލޭނެ ކަންކަމެއް ވެސް ނޫން. އަދި ބަލަން ބޭނުން ކަމެއް ވެސް ނޫން. އެއީ އަޅުގަނޑަށް އެނގޭ އަޅުގަނޑު ގާނޫނާއި ޚިލާފު ކަމެއް ނުކުރާކަން. އެހެންވީމަ އަޅުގަނޑު ދަންނަވާލަން ބޭނުންވާ ސުވާލަކީ، އުފައްދާ ސުވާލަކީ އޭރު 2015 ގައި ހިނގާފައި އޮތް ކަމެއް އެމީހުން އަޅުގަނޑު މަގާމުން ވަކިވީމަތޯއޭ އެމީހުން އެއިން އުފާ ހޯދަން މައްސަލަ ވައްދާނީ ނޫނީ އެއީ ސައްހަ މައުލޫމާތެއް ކަމަށް އެމީހުން ގަބޫލު ކުރަންޏާ އަޅުގަނޑު އަޒުލް ކުރުމަށްޓަކައި އަޅުގަނޑު މަގާމުގައި ހުއްޓާ ނޫންތޯއޭ މައްސަލަ ވައްދާނީ. މިއީ ހަމަ އާންމު ސިކުޑިން ވިސްނާލާ. އެއަށްވުރެ އަޅުގަނޑު ފަލީހަތްވާނެ ކަމެއް ނޯންނާނެ. އަދި އޭރުން ތާ އަބަދަށް ރިޔާސީ އުންމީދަށް ނުވަތަ ރިޔާސީ ޒަމާއަމަތަށް އަޅުގަނޑު ކުރާ އުންމީދު މޮހޮރުޖެހި ކަފުންވެގެން ދިޔައީ ނޫންތޯ!"
ރައީސް ޔާމީން ވިދާޅުވީ މަގާމުގައި ހުންނެވިއިރު އެ ދައުވާ އުފުލާ ސާބިތު ކުރިނަމަ މަގާމުން ދުރަށް ވަޑައިގަންނަވާނީ އަމިއްލަފުޅަށް ކަމަށެވެ.