ޣައްސާން މައުމޫން

މިނިވަންކަން ނަގާލަން މަސައްކަތް ކުރަނީ މިހާރު ތިބި ވެރިން: ޣައްސާން

ޕީޕީއެމްގެ ނާއިބު ރައީސް މުހައްމަދު ޣައްސާން މައުމޫން -- އަވަސް ފޮޓޯ
80%
20%
0%

ފެންނަމުންދަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ނަގާލުމުގެ މަސައްކަތް ވެރިކަމުގެ ފަރާތުން ކުރަމުންދާ ތަން ކަމަށް ވިދާޅުވެ އެކަމާއި ދެކޮޅަށް ރައްޔިތުން ތެދުވެ މަސައްކަތް ކުރުމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ގޮވާލައްވައިިފި އެވެ.

ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޣައްސާން ވިދާޅުވީ ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ ނާއުއްމީދުވެ އިގްތިސާދު ފުނޑުފުނޑުވެ އެތައް ހާސް ރައްޔިތުންގެ ވަޒީފާ ގެއްލި ދުވަހުން ދުވަހަށް ހަރަދު ދެކޮޅު ނުޖެހި ބިކަވެފައިވާ ރައްޔިތެއް ކަމަށެވެ. ފެންނަމުންދަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާ އިސްތިގުލާލު ނަގާލުމުގެ މަސައްކަތް ވެރިކަމުގެ ފަރާތުން ކުރަމުންދާ ތަން ކަމަށެވެ. ރާއްޖޭގައި އިސްލާމްދީނަށް ގޮންޖަހާ ބަޔަކަށް ޖާގަދީގެން މަސައްކަތް ކުރަމުންދާ ތަންވެސް މިސަރުކާރުގެ ތެރެއިން ފެންނަމުންދާ ކަމަށް ވިދާޅުވި އެވެ.

ދިވެހިރާއްޖެ މި ހާލަތަށް ވެއްޓުނީ ކީއްވެތޯ ރައްޔިތުން މިއަދު ފުުންކޮށް ވިސްނާލުމަށް ވެސް ޣައްސާން އެދިވަޑައިގެންނެވި އެވެ. އަދި ވިދާޅުވީ ވެރިކަމުގެ ދަހިވެތިކަމުގައި ދުވަސްތަކެއް ކުރިން ގައުމާއި ރައްޔިތުންނަށް ކޮންމެ ފަދަ ގޮތެއްވިޔަސް ހެޔޮކަމަށް މަސައްކަތް ކުރަން ފެށި ބަޔަކު އުޅުނު ކަމަށެވެ. އެމީހުން ނޮވެމްބަރު ތިނެއްގައި ވެރިކަމުގެ ދަހިވެތި ކަމުގައި 19 ދިވެހިން ޝަހީދު ކޮށްލި ކަމަށެވެ. އަދި މީގެ ވިއްސަކަށް އަހަރު ކުރިން ފެށިގެން އެމީހުން މަސައްކަތް ކުރަމުން އައީ މަސައްކަަތުގެ ވައްޓަފާޅި ބަދަލުކޮށް ދިވެހީންގެ ސިކުޑިއާ ކުޅެލުމަށް ކަމަށެވެ. އަދި އެފަދަ މީހުން ބޭނުންކުރާ ބަސްތަކުގެ ތެރެއިން ފާހަގަކުރެވުނު އެއްބަހަކީ "އިންސާފު" ކަމަށް ވިދާޅުވެ އެކަމުގެ ތަފްސީލު ދެއްވި އެވެ.

"އިންސާފަކީ އަނިޔާގެ އިދިކޮޅު. ކަންކަން ކުރުމުގައި ބަހައްޓަންވީ ގޮތް. އަދުލު. ފަނޑިޔާރުން ވަގަށް ނަގާ ކޯޓުތަކުގައި ތަޅުއެޅުވުން އެއީ އިންސާފުތޯ؟ އިސްލާމްދީނަށް ގޮންޖަހާ ދިވެހި ގައުމުގެ އެކިތަންތާ ބުދު ބެހެއްޓުން އެއީ އިންސާފުތޯ؟ ޔާމީން ރަޝީދާއި ރިލްވާންގެ މައްސަލަ އެންމެ ދުވަހަކުން ހައްލު ކުރާނަމޭ ބުނެ ދޮގުހަދައިގެން ވެރިކަމަށް އައިސް ތިން އަހަރާ ކައިރިވާންދާއިރު އަޅާނުލާ ތިބުމަކީ އިންސާފުތޯ؟ ދިވެހި އިގްތިސާދު ނަގާ ކޮޅަށްޖަހާ ރައްޔިތުންނަށް ޑޮލަރުން ފައިސާ ލިބޭނެއޭ ބުނެ ގޭ ކުރިމަތީ ފެކްޓްރީތައް އަޅާނަމޭ ބުނެގެން އޮޅުވާލައިގެން އައިސް ރައްޔިތުން އަނގަޔާ އަތާ ދިމާނުވެ ބަނޑުފުރާނަ މުއްތިކުރެވޭނެ މިންވަރު ނެތް އިރު އަޅާނުލާ ތިބުމަކީ އިންސާފުތޯ؟،" ޣައްސާން ސުވާލު ކުރެއްވި އެވެ.

މީގެއިތުރުން ޣައްސާން ވިދާޅުވީ އިސްލާމްދީނާއި ގައުމުގެ މިނިވަންކަން ހިމާޔަތްކުރަން ﷲ ގަންދީ ހުވާކޮށްގެން ހުރެ އެމްޑީއެން ކިޔާ ޖަމާއަތެއްގެ ބަޔަކަށް މަތީ ވަޒީފާ ދީގެން ގައުމު ފޮތިފޮތިކޮށް އެހެން ގައުމަކަށް ހިބަކޮށްދިނުން އެއީ އިންސާފު ނޫން ކަމަށެވެ. ރައީސް ޔާމީންގެ މައްޗަށް ހިންގާ ތަހުގީގާއި ޝަރީއަތަށް އިޝާރާތް ކުރައްވާ ޣައްސާން ވިދާޅުވީ ނިމިފައި އޮތް މައްސަލައެއް އަނެއްކާ "ހިލުވާލައިގެން" ދޮގުވާހަކަތަކެއް ދައްކައިގެން ދޮގު އިލްޒާމްތަކެއް އަޅުވާ، ޝަރީއަތުގެ ތެރެއަށް އެކިފާޑުގެ ނުފޫޒު ފޯރުވައިގެން ރައީސަށް ޔާމީނަށް ދެނީ އަނިޔާ ކަމަށެވެ.

އިދިކޮޅު ލީޑަރު ރައީސް ޔާމީނަށް ތައުރީފު ކުރައްވަމުން ޣައްސާން ވިދާޅުވީ ރައީސް ޔާމީނަކީ ގައުމުގެ މިނިވަންކަން ނަގަހައްޓަވައި ގައުމުގެ ހިމާޔަތަށް މަސައްކަތް ކުރައްވާ އަދި ދީނުގެ ހިމާޔަތުގައި މަސައްކަތް ކުރައްވާ ހިތްވަރުގަދަ ލީޑަރެއް ކަމަށެވެ. އެމަނިކުފާނު މިހާތަނަށް މަސައްކަތް ކުރެއްވީ ދިވެހިންގެ ގައުމިއްޔަތާއި ދިވެހިންގެ ދީނާއި ސިޔާދަތު ރައްކާތެރި ކޮށްދެއްވުމަށް ކަމުގައިވެސް ވިދާޅުވި އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މަހިދީ ޙަސަނު

ކޮންމެވެސް ވަރެއްގެ ކަމެއް އެބަ އުޅޭ ނަޝީދު އައިސް ބޭރު މީހުން ބާލާ ލ އަތޮޅާ ތަންތަނުގައި ހަރު ހަދައިދިނީ ހެލިކޮޕްޓަރަކީ ވެސް ނަޝީދު އަޅާފައި އޮތް ޅަ އިހަލެއް

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910