ހަބަރު

ކާށިދޫ، ގާފަރު ކޭބަލް ކާރުން ގުޅާލަން ދިރާސާ ފަށަނީ

Nov 25, 2019
2

ކ. ކާށިދޫގައި ކޭބަލް ކާރު އަޅުމަށް ދިރާސާއެއް ހަދަން ކުންފުންޏެއް ރާއްޖެ އައިސްފި އެވެ.

ޖާބިރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާފަރާއި ކާށިދޫ ކޭބަލް ކާރުން ގުޅާލުމުގެ މަސައްކަތު ދިރާސާއެއް ކުރުމަށް އިޓަލީގެ އެންމެ ބޮޑު އިންޖީނިއަރިން ކުންފުންޏެއް ކަމުގައިވާ ސިންޓެކްނިކާ އިންޖީނިއަރިންގެ ރައީސް ލުކާ އާއި އެސޯސިއޭޓް މާކަސް ވަޑައިގެންފައިވާ ކަމަށެވެ.

ޖާބިރު ކުރެއްވި ޓްވީޓު

ގާފަރާއި ކާށިދޫ ބެލް ކާރުން ގުޅައިލުމަކީ އެ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވެވަޑައިގަތް ވައުދެކެވެ.