ކުޅިވަރު

ރާއްޖެއިން އެމިރޭޓްސްއާ އެއްވަރު ކޮށްފި

ކުރިއަށް އޮތް ސައުތު އޭޝިއަން ގޭމްސްއަށް ތައްޔާރުވާ، ރާއްޖޭގެ އަންހެން ގައުމީ ޓީމު އަރަބި އެމިރޭޓްސް އާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ކޮށްފި އެވެ.

ސައުތު އޭޝިއަން ގޭމްސްއަށް ތައްޔާރު ވުމަށް ގައުމީ އަންހެން ޓީމުން ދަނީ އެމިރޭޓްސްގައި ޓްރޭނިންއަށް ކޭމްޕް ކޮށްފަ އެވެ. އެ ގައުމާ ދެކޮޅަށް ކުޅުނު މެޗު ރާއްޖެއިން އެއްވަރު ކުރީ ލަނޑެއް ޖެހިޔަ ނުދީ އެވެ.

ރާއްޖޭގެ އަންހެން ޓީމުން ވަނީ މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން އެމިރޭޓްސް އާ ދެކޮޅަށް ކުޅެފަ އެވެ. އޭގެ ތެރެއިން ތިން މެޗުން އެމިރޭޓްސް މޮޅުވިރު ރާއްޖެއިން މޮޅުވީ އެއް މެޗުންނެވެ.

ރާއްޖެ- އެމިރޭޓްސް ނަތީޖާތައް

  • މާޗް 03 2016: ޔޫއޭއީ 2 - 1 ރާއްޖެ
  • މާޗް 06 2016: ޔޫއޭއީ 1 - 0 ރާއްޖެ
  • ޑިސެމްބަރު 18 2016: ޔޫއޭއީ 0 - 1 ރާއްޖެ
  • ޑިސެމްބަރު 21 2016: ޔޫއޭއީ 1 - 0 ރާއްޖެ
  • ނޮވެމްބަރު 24 - 2019: ޔޫއޭއީ 0 - 0 ރާއްޖެ

ސައުތު އޭޝިއަން ގޭމްސްގައި އަންހެން ފުޓްބޯޅަ އިވެންޓްގެ ގުރޫޕް ސްޓްޖު ކުރިއަށް ދާނީ ލީގް އުސޫލުންނެވެ. އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ. ރާއްޖެގެ ފުރަތަމަ މެޗުގައި އަންނަ މަހު ތިން ވަނަ ދުވަހު ނުކުންނާނީ އިންޑިއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި ފަސް ވަނަ ދުވަހު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އަދި ހަތް ވަނަ ދުވަހު ނުކުންނާނީ ލަންކާ އާ ދެކޮޅަށެވެ.

ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެގޭ އަންހެން ޓީމުގެ މެޗުތައް

  • ޑިސެމްބަރު ތިނެއް: އިންޑިއާ - ދިވެހިރާއްޖެ
  • ޑިސެމބަރު ފަހެއް: ރާއްޖެ - ނޭޕާލް
  • ޑިސެމްބަރު ހަތެއް: ރާއްޖެ - ޝްރީލަންކާ