ރައީސް އަބްދުﷲ ޔާމީން

މެންބަރުން މަދުވަނީ "ވަގަށް" ނަގާތީ: ޔާމީން

އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ މެންބަރުންގެ އަދަދު ބޮޑު ތަނުން މަދުވެފައިވާ ކަމަށާ އެހެންވަނީ އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީތަކުގެ މެންބަރުންގެ ފޯމް "ވަގަށް" ނަގަމުންދާތީ ކަމަށް އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ތުުހުމަތު ކުރައްވައިފި އެވެ.

ޕީޕީއެމުން ރޭ ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ މިހާރު އޮތް އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ޕީޕީއެމްގެ ވެރިކަން ނިމުމުފަހުން މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި 7500 ވުރެ ގިނަ މެންބަރުން އެޕާޓީގެ ދަފްތަރުން އުނިކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ޕާޓީން އެކަނި 7500 މީހުން މި ކުޑަ ދުވަސްކޮޅުތެރޭ ކަހާލައިފި. އިލެކްޝަންގައި މިހާރު އެތިބަ މީހުން ތިއްބިއްޔާ އެކަން ކުރާނެ. އެކަމުންވެސް ވައްކަން. އެެހެންވާނީ ދެއްތޯ. މަންމަގެ ފައްޓަރުބައި ވަގަށް ނަގާށޭ ބުނާ އިމާމަކު އެތާ އެހުރީ. އެހެންވީމަ ކުރާނެ މިކަހަލަ ހުރިހާ ކަމެއް. އިންތިޚާބުވެސް ވަގަށް ނެގީ، މިހާރުވެސް އެކުރަނީ އެކަން. ދެންވެސް ކުރާނީ އެކަން. އެކަމު، ދިވެހިން އަބަދު އެކަން ތަހަންމަލުކުރަންޖެހޭހޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އަޅުގަނޑުމެން ޕާޓީން އެކަނި 7500 މީހުން މި ކުޑަ ދުވަސްކޮޅުތެރޭ ކަހާލައިފި. އިލެކްޝަންގައި މިހާރު އެތިބަ މީހުން ތިއްބިއްޔާ އެކަން ކުރާނެ. އެކަމުންވެސް ވައްކަން. އެެހެންވާނީ ދެއްތޯ. މަންމަގެ ފައްޓަރުބައި ވަގަށް ނަގާށޭ ބުނާ އިމާމަކު އެތާ އެހުރީ. އެހެންވީމަ ކުރާނެ މިކަހަލަ ހުރިހާ ކަމެއް. އިންތިޚާބުވެސް ވަގަށް ނެގީ، މިހާރުވެސް އެކުރަނީ އެކަން. ދެންވެސް ކުރާނީ އެކަން. އެކަމު، ދިވެހިން އަބަދު އެކަން ތަހަންމަލުކުރަންޖެހޭހޭ
އަބްދުﷲ ޔާމީން | ކުރީގެ ރައީސް

ރައީސް ޔާމީން ވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުން އެމަނިކުފާނުގެ ޕާޓީއާއިމެދު ވަރަށް ޒާތީކޮށް އަމަލުކުރަމުންދާ ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި ޕީޕީއެން/ޕީއެންސީއަށް ސޮއިކުރާ މެންބަރުން ކޮންމެ ދުވަހަކުވެސް އެޕާޓީގެ ދަފްތަރުގައި ނަން އޮތްތޯ ޗެކް ކުރުުމަށް އެދިލެއްވިއެވެ.

ޔާމީން ވިދާޅުވީ ޕީއެންސީ އުފައްދަން މަސައްކަތްކުރި ދުވަސްވަރުވެސް އިލެކްޝަންސް ކޮމިޝަނުން އިންތިހާއަށް ދުއްތުރާކުރިއެވެ. އަދި އެދުވަސްވަރު އުފެއްދި އެހެން ޕާޓީތަކާއި ޚިލާފަށް ޕީއެންސީއަށް މެންބަރުން ހަމަވިޔަ ނުދިނުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށް ވިދާޅުވިއެވެ.

"މިރޭވެސް މިތަނަށް [ޕީޕީއެމް] ވަތް މެންބަރުން މާދަމާއާ، އަނެއް ދުވަހާއި އަނެއް ދުވަހުވެސް ބައްލަވަމުން ގެންދަވާތީ. މިހާރު އެ އޮތް އިލެކްޝަންސް ކޮމިޝަނުން ހަމަ ކޮންމެ މީހެއްގެ ފޯމަކީވެސް 'ވަގަށް' ނަގާނެ ފޯމެއް. ބައްލަވާ.. އަޅުގަނޑުމެން ޕީއެންސީ ހަދަން އުޅުނުއިރު، ހާދަ ތުރާތަކެއް އަޅުގަނޑުމެން އުފުލީމޭ. އަޅުގަނޑުމެން ޕީއެންސީ ހަދަން އުޅުނުއިރު ކޮންމެ ފޯމެއްގައި ސޮއިކުރާ މީހާއާ އަދި އެ ހެކިންނާ އެންމެންނާ ސުވާލުކުރިއޭ، ފޯނު ކުރިއޭ އިލެކްޝަނުން. ފޯނުކޮށްފައި މި އަހަނީ މިވެނި މީހަކު ޕީއެންސީއަށް ވަނިންތޯ. ހެކިން ކައިރި މި އަހަނީ. އެހާ ބޮޑު މަސްއޫލިއްޔަތެއް އެބޭފުޅުން އުފުއްލެއްވި. އެކަމު ހަމަ އެދުވަސްކޮޅު އެހެން ޕާޓީތައް، އެމްއާރުއެމާއި، އެމްޓީޑީއާއި ދެން އުފެދުނު ޕާޓީތައް އުފެދިގެން އައިއިރު އެ ސުވާލުތަކެއް ނުކުރޭ، އެމީހުންނަށް ފޯނެއް ކުރޭ. މިހާރު އެ ކޮބައިތޯ އެ ގަވާއިދު، އުވާލައިފި، އެވަރުގެ ދެ އުޅިއެއް ނުވާ ކަންކަން މި ކުރަނީ މުއައްސަސާތަކުގައި ތިބޭ މީހުން" ރައީސް ޔާމީން ވިދާޅުވިއެވެ.

މިރޭވެސް މިތަނަށް [ޕީޕީއެމް] ވަތް މެންބަރުން މާދަމާއާ، އަނެއް ދުވަހާއި އަނެއް ދުވަހުވެސް ބައްލަވަމުން ގެންދަވާތީ. މިހާރު އެ އޮތް އިލެކްޝަންސް ކޮމިޝަނުން ހަމަ ކޮންމެ މީހެއްގެ ފޯމަކީވެސް 'ވަގަށް' ނަގާނެ ފޯމެއް. ބައްލަވާ.. އަޅުގަނޑުމެން ޕީއެންސީ ހަދަން އުޅުނުއިރު، ހާދަ ތުރާތަކެއް އަޅުގަނޑުމެން އުފުލީމޭ. އަޅުގަނޑުމެން ޕީއެންސީ ހަދަން އުޅުނުއިރު ކޮންމެ ފޯމެއްގައި ސޮއިކުރާ މީހާއާ އަދި އެ ހެކިންނާ އެންމެންނާ ސުވާލުކުރިއޭ، ފޯނު ކުރިއޭ އިލެކްޝަނުން. ފޯނުކޮށްފައި މި އަހަނީ މިވެނި މީހަކު ޕީއެންސީއަށް ވަނިންތޯ. އެވަރުގެ ދެ އުޅިއެއް ނުވާ ކަންކަން މި ކުރަނީ މުއައްސަސާތަކުގައި ތިބޭ މީހުން
އަބްދުﷲ ޔާމީން | ކުރީގެ ރައީސް

ރައީސް ޔާމީން ރޭވެސް ވަނީ ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ކުރައްވާ ތުހުމަތު ތަކުރާރުކުރައްވާފައެވެ. 2018 ގެ ރިޔާސީ އިންތިޚާބާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްޗަށް ޕީޕީއެމާއި ރައީސް ޔާމީން ވަނީ ބޮޑެތި ތުހުމަތަކެއް ކުރައްވާފައެވެ.

އެ ތުހުމަތުތަކާއި ގުޅިގެން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްވެސް ވަނީ ވަރުގަދަ ބަހުގެ ހަމަލާތައް ޕީޕީއެމާއި ރައީސް ޔާމީނަށް ދެއްވާފައެވެ. އަދި ދޮގު ވާހަކަތައް ދައްކާ އަބުރަށް އަރައިގެންފައިވާ ކަމަށް ވިދާޅުވެ ދައުވާ ކުރައްވާނެ ކަމުގެ އިންޒާރުވެސް ޝަރީފް ދެއްވިއެވެ. ޝަރީފާއި ރައީސް ޔާމީނަކީ ކުރިން ވަރަށް ގާތް ދެ ބޭފުޅުންނެވެ. ޝަރީފް ކޮމިޝަނަށް އައްޔަންކުރެއްވީވެސް ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ފުރިހަމަ ތާއީދު އޮވެގެންނެވެ.