ސައިންސް

ގިނިހިލަތަކުން ދުނިޔެ ރައްކާ ކުރާނެ ގޮތެެއް ނެތް!

Nov 26, 2019
1

ދުނިޔެ ކައިރިން ކޮންމެ ދުވަހަކު ވެސް ގިނިހިލަތައް ދަތުރު ކުރެ އެވެ. މިއިން ބައެއް ގިނިހިލަތައް ދުނިޔެއާ ވަރަށް ކައިރިން ދަތުރުކުރާ ވަގުތު ސައިންސްވެރިންގެ ހިތްތައް ހުއްޓުމަކަށް އާދެ އެވެ. ސަބަބަކީ އެ ގިނިހިލަތަކުގެ މިސްރާބު ބަދަލު ކޮށްލެވޭނެ ގޮތެއް އަދި ހޯދިފައި ނުވުމުންނެވެ. މިއަހަރުގެ ތެރޭގައި ވެސް ދުނިޔެ ކައިރިން ވަނީ 2000 ކިލޯ މީޓަށް ވުރެ ދިގު ތިން ގިނިހިލައެއް ވަނީ ދަތުރު ކޮށްފަ އެވެ. މިއިން ގިނިހިލައެއްގެ މިސްރާބު ދުނިޔެއަށް އަމާޒުވި ނަމަ، އެ ގިނިހިލައެއް ވެއްޓޭ ސަރަހައްދު ފުނޑުފުނޑުވާނެ ކަމަށް ސައިންސްވެރިން އިއްތިފާގުވެ އެވެ.

ޖައްވުގެ ތެރޭގައި އެތަކެއް ސަތޭކެ އެސްޓްރޮއިޑް ބެލްޓް ބާރު ދުވެލީގައި ދަތުރު ކުރެ އެވެ. ބޮޑެތި ގިނިހިލަތައް އެކުލެވޭ ބެލްޓުތައް އާންމުކޮށް ދުނިޔެ ކައިރިން ދަތުރު ކުރެ އެވެ.

މިއަހަރުގެ ތެރޭގައި ނާސާއިން ވަނީ ދުނިޔެއާ ދިމާއަށް އަންނަ ގިނިހިލަތަށް ނައްތާލުމަށް ހާއްސަ ސެޓްލައިޓް ވެޕަނެއް ތައްޔާރުކޮށްފަ އެވެ. އެކަމަކު މި ސެޓްލައިޓުން ގިނިހިލަތައް ނައްތާލެވޭނެ ކަމުގެ ޔަގީން ކަމެއް ނޯވެ އެެވެ. ކުދި ގިނިހިލަތައް ނައްތާލެވުނު ނަމަވެސް ބޮޑެތި ގިނިހިލަތައް ނައްތާލުމުގެ ގާބިލްކަން މި އުޅަނދަށް ނުލިބޭކަން ވަނީ ޔަގީންވެފަ އެވެ.

ދުނިޔެ ބައްރުތަކަށް ބެހިގެން ދިޔައީ 10 މޭލު ބޮޑު ގިނިހިލައެއްގެ ސަބަބުންނެވެ. ދުނިޔެއާ ދުރުން މި ބޮޑުމިނުގެ ގިނިހިލަތައް މިހާރު ވެސް ދަތުރު ކުރެ އެވެ. މިއިން ގިނި ހިލައެއްގެ މިސްރާބު ކަހާލައި ދުނިޔެއާ ދިމާއަށް ދަތުރު ކުރާނީ ކޮން ވަގުތަކު ކަމެއް ބުނާކަށް ނޭގޭނެ އެވެ.

ސައިންސްގެ ދާއިރާގައި ބަސްވިކޭ ރޮބަޓް ވޯކާ ވަނީ މިކަން ޖައްވީ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފަ އެވެ. ވޯކާ ވިދާޅުވި ގޮތުގައި ޖައްވީ މިޝަންތަކަށް ވުރެން ގިނިހިލަތަކުން ދުނިޔެ ރައްކާ ކުރުން މުހިންމުކަން ބޮޑެވެ. ދުނިޔެއަށް ގެއްލުން ލިބިދާނެ ވަރުގެ ގިނިހިލައެއް ވެއްޓުމުގެ ބިރު ސައިންސްވެރިންނަށް އަބަދުވެސް އޮވެ އެވެ. ސަބަބަކީ ދުނިޔެއާ މާ ދުރު ނޫސް ހިސާބުތަކުން ބޮޑެތި ގިނިހިލަތަށް ދަތުރުކުރާތީ އެވެ.

ސްޓަޑީސް އޮފް އެސްޓްރޮނޮމީ އެންޑް ސައިންސްގެ ނަމުގައި ބޭއްވި ސަމިޓެއްގައި ވާހަކަފުޅު ދައްކަވަމުން ވޯކާ ވިދާޅުވީ، ޓެކްނޮލޮޖީ ކުރި އަރައިގެން ދިޔަ އިރުވެސް ގިނިހިލަތައް ދަތުރު ކުރާ ގޮތްތަށް ދެނެގަންނާގެ ގޮތެއް ހޯދިފައި ނެތުމަކީ ޖައްވީ އިދާރާތަކުން ލަދު ގަންނަން ޖެހޭ ކަމެއް ކަމަށެވެ.

ވޯކާ ވިދާޅުވި ގޮތުގައި 10 މޭލުގެ ބޮޑު މިނުގެ ގިނިހިލައެއް ދުނިޔެއަށް 120 އަހަރު ފަހުން ވެއްޓިދާނެ ކަމަށް ގިނަ ޖައްވީ އިދާރާތަކުން ގަބޫލު ކުރާއިރު، ކުރިއަށް އޮތް ޖީލުތަށް ރައްކާ ކުރުމަށް އެއްވެސް ބަޔަކު މަސައްކަތެއް ނުކުރެ އެވެ.

ސަމިޓުގައި ވާހަކަ ދެއްކި ގިނަ ޖައްވީ އިދާރާތަކުގެ ވެރިން ވަނީ ވޯކާގެ ވާހަކަތަކާ އެއްބަސްވެފަ އެވެ. އެމީހުން ގަބޫލު ކުރާ ގޮތުގައި 120 އަހަރު ފަހުން ބޮޑު ގިނިހިލައެއް ދުނިޔެއަށް ވެއްޓުމުގެ ފުރުސަތު ބޮޑެވެ. އަދި މިހާރު ވެސް ދުނިޔެ ކައިރިން ދަތުރުކުރާ ބޮޑު ގިނިހިލަތަކުގެ މިސްރާބު ބަދަލު ކޮށްލެވޭ ވަރުގެ ހަތިޔާރެއް އުފެއްދުމަށް އިދާރާތަކުން ވަނީ ނުކެޅެދިފަ އެވެ.

ގިނިހިލަތަށް މޮނީޓާ ކުރުމަށް މިހާރު ވެސް ސެޓްލައިޓު ބޭނުން ކުރެ އެވެ. ނަމަވެސް ގިނިހިލައިގެ ބާރު ދުވެލީގެ ސަބަބުން ގިނިހިލަތަކުގެ މޫވްމެންޓުތަށް ސެޓްލައިޓަށް އެންމެ އެކަށީގެންވާ ގޮތަށް ރައްކާ ނުކުރެވެ އެވެ. އާންމު ގޮތެއްގައި ގިނިހިލަތަށް އެސްޓްރޮއިޑް ބެލްޓުން ކެޓެން ދިމާވާ ސަބަބަކީ، އެކަތި އަނެއްކައްޗާ މުޑި އެރުމެވެ. އަނެެއް ސަބަބަކީ އުފެދޭ ބާރު ތޫފާނުގެ ސަބަބުންނެވެ. މިއިން އެއްވެސް ކަމަކަށް ސައިންސްވެރިންނަކަށް ބާރެއް ނުފޯރުވެ އެވެ.