ބޮލީވުޑް

އަނެއްކާވެސް ކްރިކެޓް ކުޅުންތެރިއަކާ ބަތަލާއެއްގެ ލޯބި

ބަތަލާ އަތިޔާ ޝެޓީ އާއި ކްރިކެޓް ކުލުންތެރިޔާ ކޭ އެލް ރާހޫލްގެ ގުޅުން ބަދަހި ލޯތްބަށް ބަދަލުވެފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ. އަތިޔާގެ 27 ވަނަ އުފަން ދުވަހު އޭނާ އާއި ރާހޫލް އެކުގައި ތިއްބާ ނަގާފައިވާ ފޮޓޯއެއް އަތިޔާ ވަނީ ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ. އެއާއެކު ރާހޫލް އާއި އޭނާގެ ގުޅުން ރަސްމީކޮށް އަތިޔާ އިއުލާން ކުރީ ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވުނެވެ.

"ހީރޯ" އިން ބޮލީވުޑަށް ތައާރަފްވި އަތިޔާ މިހާރު ގެންދަނީ "މޯތީޗޯރް ޗަކްނާޗޫރް" ކިޔާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމުގެ ބަތަލަކީ ނަވާޒުއްދީން ސިއްދީގީ އެވެ.

ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުގައި އަތިޔާ އާއި ރާހޫލް ރައްޓެހި ވެގެން އުޅޭތާ މިހާޜު އެތައް މަހެއް ވެއްޖެ އެވެ. ދެ މީހުން ފުރަތަމަ ބައްދަލުވީ ދެ މީހުންގެ އެކުވެރިންންތަކެއްގެ ބައްދަލުވުމެއްގެ ތެރެއިންނެވެ. އަދި ފުރަތަމަ ބައްދަލުވުމުން ވެސް ވަރަށް ބޮޑަށް ދެ މީހުންގެ ގުޅުން ބަދަހިކަމަށް ވެއެވެ.

އެންމެ ފުރަތަމަ އަތިޔާ އާއި ރާހޫލް އާ އަޅުވާ ކިޔަން ފެށީ ފެޝަން ޑިޒައިނަރު ވިކްރަމް ޕަދްނިސް އެވެ. އަޅުވާ ކިޔަން ފެށުމުން ދެ މީހުންނަށް ވެސް އެކަކު އަނެކަކަށަ ޝައުގުވެރި ވެވުނީ އެވެ. ނަމަވެސް ރައްޓެހި ވެގެން އުޅޭ ކަމަކަށް މި ދެ މީހުން ވެސް މީޑިއާގައި މިހާތަނަށް އެއްބަހެއް ނުވެ އެވެ.

އަތިޔާ އަކީ ތަންކޮޅެއް ކުރީގެ ފިލްމުތަކުން މަޝްހޫރުކަން ހޯދާފައިވާ ސުނިލް ޝެޓީގެ ދަރިއެކެވެ. ސުނިލްގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ވެސް މިހާރު ދަނީ ފިލްމީ ދުނިޔެއަށް ވަނުމަށް ތައްޔާރު ވަމުންނެވެ.