ސްޓެލްކޯ

ހުކުރު މިސްކިތު މުންނާރު ބެލެހެއްޓުން ސްޓެލްކޯ އަށް

މުންނާރު ބެލެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކޮށް މިއަދު ލިޔުން ހަވާލު ކުރަނީ -- ސަލްވީން | އަވަސް
0%
0%
0%

ހުކުރު މިސްކިތުގެ މުންނާރާއި ހަރިންމައިގެ ތެރޭ ހުންނަ ވަޅުތައް ބެެލެހެއްޓުން ހެރިޓޭޖް މިނިސްޓްރީން ސެޓެލްކޯ އާ ހަވާލު ކޮށްފި އެވެ.

މިކަމާ ގުޅިގެން ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވަނީ އެއްބަސްވުމެއްގައި ސޮއި ކުރައްވާފަ އެވެ.

މި މަސައްކަތް ސްޓެލްކޯ އާ ހަވާލު ކޮށްފައި ވަނީ ހަތަރު އަހަރު ދުވަހަށެވެ. ހެރިޓޭޖް މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރާ މި މަސައްކަތުގައި ފުރަތަމަ ކުރާނީ މުންނާރާއި ވަޅުތައް ސާފު ކުރުމުގެ މަސައްކަތެވެ. މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފަށާނެ އެވެ.

ތޯރިގު މިއަދު މައުލޫމާތު ދެއްވަނީ: ހުކުރު މިސްކިތް އާބާތުރަ ފިލުވުމަށް ދެ އަހަރު ހޭދަވާނެ -- ސަލްވީން | އަވަސް

"މާލޭގައި ހުންނަ ވުޒާރާ އަކުން، ތަރިކަ ރައްކާތެރި ކުރާ ގައުމީ މަރުކަޒަކުން ހަމައެކަނި މަސައްކަތް ކޮށްގެން އެންމެ އެދެވޭ ގޮތުގައި ޖީލުތަކަށް ކަންކަން ގެންގޮސް ދެވޭނެ ކަމަކަށް ނުދެކެން. އަޅުގަނޑަށް ގަބޫލު ކުރެވެނީ މިކަން ފުރިހަމައަށް ކުރެވޭނީ އާއްމު ރައްޔިތުންނާއި ކުންފުނިތަކު އެހީގައި ކަމަށް،" ތޯރިގް ވިދާޅުވި އެވެ.

މި މަސައްކަތް ސްޓެލްކޯ އާ ހަވާލު ކޮށްފައި ވިޔަސް، މަސައްކަތް ހިނގާނީ ހެރިޓޭޖް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތަށް އިންޑިއާ ސަރުކާރާ ގުޅިގެން މި މަހުގެ ތެރޭ ރަސްމީކޮށް ފަށާއިރު އެ ކަމަށް ވެސް ދެ އަހަރު ދުވަސް ހޭދަވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910