އެމްޓީސީސީ

ތިލަފުށިން އަރާ ދުން ހުއްޓުވަން ކޮމްޕެކްޓަރެއް ގެންނަނީ

ތިލަފުށިން ދުން އެރުވުން ހުއްޓުވައި އެ ރަށުގެ ކުނިގޮނޑު މެނޭޖް ކުރަން ބޭނުން ކުރާނެ ލޭންޑްފިލް ކޮމްޕެކްޓަރެއް ގެންނަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ތިލަފުށިން ދުން އެރުން އަންނަ އަހަރު ޖޫން މަހުގެ ކުރިން ހުއްޓުވަން އަމާޒު ހިފާފައިވާ ކަމަށެވެ. އަދި ދުން އެރުން ހުއްޓުވުމަށާއި ކުނިގޮނޑު މެނޭޖްކުރަން ބޭނުން ކުރާނެ ލޭންޑްފިލް ކޮމްޕެކްޓަރު ގެންނަން އެމްޓީސީސީ އާއި ހަވާލުކޮށް މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެއްބަސްވުމުގައި މިނިސްޓްރީން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރު ޝިފާއު އަލީ އެވެ.

މި އެއްބަސްވުމުގައިވާ ގޮތުން ހަތަރު މަސް ދުވަސް ތެރޭ ކޮމްޕެކްޓަރު ގެންނަންޖެހޭނެ އެއީ ދިގުމިނުގައި 8.6 މީޓަރު، ފުޅާމިނުގައި 3.6 މީޓަރު އަދި ބަރުދަނުގައި 28.8 ޓަނު ހުންނަ މި ކޮމްޕެކްޓަރެކެވެ. މި ކޮމްޕެކްޓަރުގެ އަގަކީ 9,665,000.00 ރުފިޔާ އެވެ.