ހަބަރު

ރާއްޖެ އިޝްތިހާރު ކުރަން ބެލްޖިއަމުން ނޫސްވެރިން ގެނެސްފި

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން ބެލްޖިއަމްގެ މީޑިއާ ޓީމެއް ރާއްޖެ ގެނެސްފި އެވެ.

އެމްއެމްޕީއާރުސީން ބުނީ މި ދަތުރުގައި ބެލްޖިއަމްގެ މީޑިއާގައި ހިމެނޭ "ލަ ލިބްރޭ" އާއި "މޭރީ ކްލެއާ ބެލްޖިއަމް" އާއި "ޓުގެދާ މެގަޒިން" އާއި "ހެޓް ނިއުސް ބްލާޑު" ގެ އިތުރުން "ސައިކޮލޮޖީ މެގަޒިން" ގެ ނޫސްވެރިން ބައިވެރިވާ ކަމަށެވެ.

މި ޓީމް ރާއްޖޭގައި މަޑުކުރާ ހަ ދުވަހުގެ ތެރޭ ތިން ރިސޯޓެއްގައި ދުވަސް ހޭދަކޮށް ރާއްޖެއާބެހޭ ރިޕޯޓުތައް ލިޔާނެ އެވެ. އެ މީހުން ތިބޭނީ ފުރަތަމަ ދެ ރޭ ޕެރެޑައިޒް އައިލެންޑް ރިސޯޓުގަ އެވެ.ޖެހިގެން އަންނަ ދެ ރޭ ނިކައިގަ އެވެ. ދެން އެ ޓީމު ދާނީ މީރަށެވެ.