ވިޔަފާރި

އޮސްޓްރޭލިއާގެ ބެގާ ޗީޒްގެ ވައްތަރުތައް ހެޕީ މާކެޓަށް

Nov 30, 2019
ހެޕީ މާކެޓުން އެތެރެކޮށް ވިއްކާ ބެގަ ޗީޒް ސްޓިކް -- ފޮޓޯ: އަވަސް
0%
0%
0%

އޮސްޓްރޭލިއާގައި މަގްބޫލް ޗީޒް ބްރޭންޑެއް ކަމަށްވާ ބެގާގެ ގިނަ ވައްތަރު ތަކެއް ރާއްޖޭގެ ހެޕީ މާކެޓުން ވިއްކަން ފަށައިފި އެވެ.

ރާއްޖެއަށް ގިނަ ބާވަތްތަކެއްގެ މުދާ އެތެރެ ކުރާ ހެޕީ މާކެޓުން ބުނި ގޮތުގައި އެ ކުންފުނިން މިހާރު ވިއްކަން ފަށާފައިވާ ބެގާ ބްރޭންޑްގެ ޕްރޮޑަކްޓްތަކުގެ ތެރޭގައި ބެގާ ޗީޒް ސްޓިކްސް އާއި ބެގާ ޗީޒް ސްލައިސް އަދި ބެގާ ޕްރޮސެސްޑް ޗީޒްގެ އިތުރުން ބެގާ ކްރީމް ޗީޒް އާއި ބެގާ ޗެޑަ ޗީޒް ހިމެނެ އެވެ.

ބެގާ ޗީޒަކީ ހެޕީމާކެޓުން ކުރިން ވިއްކި މެލްބަން ޗީޒް ކުންފުނީގެ އުފެއްދުމެކެވެ. ބެގާ ޗީޒާއި މެލްބަން ޗީޒް ތަފާތު ޕެކިންއެއްގައި ހުރި ނަމަވެސް ދެ ޗީޒްއަކީ ވެސް އެއް ރަހައެއް ދޭ އެއް ކޮލިޓީއެއްގެ އުފެއްދުމެކެވެ.

ދަރުބާރުގޭގައި ބުރާސްފަތި ދުވަހު ނިންމާލި ފަންނު އެކްސްޕޯގައި ހެޕީ މާކެޓުން ވަނީ މި އުފެއްދުން ޕްރޮމޯޓްކޮށްފަ އެވެ. ރަހަ ދައްކާލަން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ގިނަ ބަޔަކު ބައިވެރިވެފައިވެ އެވެ.

ހެޕީ މާކެޓުން ވިއްކާ ބެގާ ޗީޒް ސްޓިކް ޕެކެޓްއެއްގައި ވަކިން ބަންދުކޮށްފައިވާ ހަ ޗީޒް ސްޓިކްސް ހިމެނެ އެވެ. ކުޑަކުދިންނަށް ހާއްސަ މި ޗީޒްއަކީ ސްކޫލް އިންޓަވަލްތަކާއި ޕާޓީ ތަކުގައި ފިންގަ ފުޑްއެއް ގޮތައް ވެސް ބޭނުން ކުރެވިދާނެ ޗީޒެކެވެ. މިއީ ހެޕީމާކެޓުން ރާއްޖެ އެތެރެކޮއް މާކެޓް ކުރަން ފެށި މި ބްރޭންޑުގެ އެންމެ ފަހުގެ އުފެއްދުމެވެ.

ބެގާ ޗީޒް ސްލައިސް ޕެކެޓެއްގައި ވަކިން ބަންދުކުރެވިފައިވާ 12 ސްލައިސް ހިމެނެ އެވެ. އަދި ބެގާ ޕްރޮސެސްޑް ޗީޒް ދަޅަކީ ކަނޑަން ފަސޭހަ ޗީޒް ދަޅެކެވެ. ޕިއްޒާ އަދި ޕާސްތާ ފަދަ ތަކެތީގައި ބޭނުން ކުރަން ހާއްސަ މި ޗީޒްއަކީ ކައްކާއިރު އަޅަން ހާއްސަ އުފެއްދުމެކެވެ.

ޗީޒްގެ މި ހުރިހާ ބާވަތެއް ވެސް ހެޕީމާކެޓްގެ ހުރިހާ ފިހާރަ އަކުން މިހާރު ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345