ލައިފްސްޓައިލް

ވަޒީފާގައި މާގިނައިން މީޓިން ބޭއްވުމަކީ ފޫހި ކަމެއް!

Dec 1, 2019

ސައިކޮލޮޖިސްޓުން ބުނާ ގޮތުގައި ވަޒީފާ އަދާ ކުރާ އޮފީހެއްގެ ތެރޭގައި މާގިނައިން މީޓިން ބާއްވަންޏާ، އެއީ މުވައްޒަފުން އެމީހުން ބޮލުގެ ބޭނުން ރަނގަޅަށް ހިފަން އެޅޭ ހުރަހަކަށް އެކަންވެފަ އަދި ކުރަންޖެހޭ މަސަތްކަތްތައް ވެސް ކުރުމަށް ހުއްޓުން އަރާނެ އެވެ.

ހާޓްމެން ޑިޒައިން ގްރޫޕްގެ ސީއީއޯ އަދި އިންޓީރިޔާ ޑިޒައިނަރެއް ކަމުގައިވާ ފިލިސް ހާޓްމެނަކީ މިކަމުން ތަޖުރިބާ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ހާޓްމެން ވަޒީފާ އަދާ ކުރަމުން ދިޔަ ކުންފުންޏެއްގެ ހިއުމަން ރިސޯސްގެ މެނޭޖަރުން ކުންފުނީ ތެރޭގައި ބާއްވާ މީޓިނގްތައް ގިނަކަމުން އެއްބައިފަހަރު މުވައްޒަފުން ނިދި ޖެހޭ ހާލަތުތައް އާދެއެވެ. ނުވަތަ މީޓިން އެއްގައި ގިނައިރު ނުއިންނަން ގަސްދުގައި ގަޑި ޖެހިގެން ވެސް އޮފީހަށް ހާޒިރު ވެއެވެ. މިހެން ދިމާވެފައި ވުމުން ގިނަފަހަރު ހާޓްމެން އިތުރު ގަޑިއަށް މަސައްކަތްކުރަން ޖެހޭ ފަހަރު ވެސް ދިޔައެވެ.

"މަސައްކަތްތައް ނިންމުމަށް ބޭނުންވާ ވަރަށް ވުރެ ގިނައިރު އެބަ ހޭދަކުރަން ޖެހޭ،" ހާޓްމެން ވިދާޅުވެފައި ވެއެވެ.


އެމެރިކާގައި މަދުވެގެން 11 މިލިޔަން އަދި ގިނަވެގެން 55 މިލިޔަން މީޓިންގްސް މުޅިޔަކު ހިނގަ އެވެ. މިއަކީ، ކުންފުންޏެއްގެ ޕާސަނަލް ބަޖެޓުގެ ގާތްގަނޑަކަށް ހަތް ޕަސެންޓް ނުވަތަ 15 ޕަސެންޓެވެ. ކޮންމެ ހަފުތާއަކަށް ލަފާ ކުރާނަމަ، މީޓިންތަކަށް މުވައްޒަފުން އެބަ ހަ ގަޑިއިރު ހޭދަކޮށްލަ އެވެ. އެއީ، ހަފްތާއެއްގެ މަސައްކަތްކުރާ ހަ ދަވަހަށް ބަލާއިފިނަމަ، މުޅިޔަކު 33 ގަޑިއިރެވެ. ނަމަވެސް، ކުންފުނީފެ ވެރިން އެއިރު އަދާ ކުރަމުން މިދަނީ ހަފުތާޔަކު ލަފާ ކުރެވޭ ގޮތުން އެންމެ 23 ގަޑިއިރެވެ.

ދިރާސާވެރިން ދެކޭ ގޮތުގައި މީޓިން ބޭއްވުމަކީ ކުންފުންޏަށް ބޭނުން ކަމެއް ނަމަވެސް، ނުވަތަ ކުންފުނީގައި ހުށައަޅަންޖެހޭ ނިންމުންތައްކާމެދު މަޝްވަރާ ކުރުމަށް އަހައްމިއްޔަތުކަން ދޭންޖެހޭ ކަމެއްގެ ގޮތުގައި ބެލި ނަމަވެސް، މުވައްޒަފުން ދެކެނީ ބޭކާރު ވަގުތުތަކެއްގެ ގޮތުގަ އެވެ. އޭގެ ނަތީޖާއަކަށްވަނީ މިލިޔަނުން ފައިސާ ބޭކާރުވުމުގެ އިތުރުމެވެ.

ބިޒްނަސް ސައިކޮލޮޖިސްޓުން ބުނާ ގޮތުގައި މުވައްޒަފުންގެ ސިކުނޑިއަށް "މީޓިންގް ރިކަވަރީ ސިންޑްރަމް" އޭ ކިޔުނު ބައްޔެއްގެ އަސަރު ވެސް ކުރެއެވެ.

މީޓިންގް ރިކަވަރީ ސިންޑްރަމް (އެމްއާރްއެސް) އަކީ މޭޒުދޮށުގައި މަސައްކަތްކުރަން ޖެހިފައިވާ ގިނަ އަދަދެއްގެ މުވައްޒަފުން ތަޖުރިބާ ކުރާނެ ބައްޔެކެވެ. މި ބައްޔަކީ ޖެހިއްޖެނަމަ، އެމުވައްޒަފު ވަރުބަލިވެ ގައިންބާރު ދެރަވެ ހުރުމަށް މަގުދައްކަ އެވެ.
އެމްއާރްއެސްގެ ޒަރިއްޔާއިން މުވައްޒަފުންގެ ސިކުނޑިއަށް ފަރުވާތެރިކަމާއިއެކު އުނގެނެން ޖެހޭ މަޢުލޫމާތުތައް ވެއްދުމަށް ވެސް ހުއްޓުން އަރައެވެ.

އެންވައިރޮމެންޓަލްގެ ޕްރޮފެސަރެއް ކަމައްވާ، ޖޮސެފް އޭ އެލެން ވިދާޅުވި ގޮތުގައި، "ފައިދާއެއް ނުލިބޭ މީޓިން އެއްގައި މުވައްޒަފަކު އިންނައިރު އެމީހުންގެ ސިކުނޑީގެ ބާރު އެއްކޮށް ދަށްވެގެން ދާނެ" އެވެ. ހަމައެއާއެކު، މީޓިންގްތައް މާގިނައިރު ވަންދެން ބާއްވާފިނަމަ، މުވައްޒަފުން ކިޔާނެ އެއްޗެއް މަދުވެ، ކުލާހެއްގައި ހަމައެކަނި މުދައްރިސާ ވާހަކަ ދައްކާފަދަ ލެކްޗަރަކަށް ބަދަލުވެގެން ދެ އެވެ.

މިކަމުން ސަލާމާތްވާން ކުޑައިރުކޮޅަކަށް ރެސްޓެއް ނަގާލުމަކީ އެކަށީގެންވާ ކަމެކެވެ، ނަމަވެސް، ރެސްޓެއް ނެގުމުގެ ތެރޭގައި މުވައްޒަފުން ލޮޑު ވުމުގެ ފުރުސަތު ވެސް އޮވެ އެވެ

ހައްލު
ދިގު ދެމިގެންދާ މީޓީންގްތަކުގެ ސަބަބުން ޖެހޭ އެމްއާރްއެސްގެ ބަލިން ސަލާމަތްވުމަށްޓަކައި ޙާއްސަ ޖަވާބެއް ހޯދިފައެއް ނެތެވެ. އެންމެ ގާތުން ކުރެވޭނެ ކަމަކަށް އޮންނާނީ އެމީހެއްގެ މޫޑު ރަނގަޅުކޮށްލުމަށް އެ ގަޑިއެއްގެ ކުރެވެން އޮތް އެންމެ އެކަށީގެންވާ ކަމެއް ކޮށްލުމެވެ. މިސާލަކަށް، މީޓިންއެއް ނިމުމުން ނެޓްފްލިކްސްއަށް ވަދެލާފައި ފިލްމެއް ބަލާލައި ހިތްހަމަޖައްސާ ލުމެވެ.

އެމްއާރްއެސްގެ ޝިކާރާއަކަށް ވަމުން އަންނަ މުވައްޒަފުން އެމީހަކު އަމިއްލައަށް އެ މަޅިން ސަލާމަތްވުމަށް އަބަދު އުއްމީދު ކޮށްގެން ނުހުންނާށެވެ. މުވައްޒަފުންނަކީ އިސްވެރިންގެ ދަށުން މަސައްކަތްކުރަން ޖެހިފައިވާ ބައެއް ކަމުގައި ވީނަމަވެސް، އިސްވެރިންގެ އަޅުން ކަމުގައި ނުދެކޭށެވެ. މަތީ ފަންތީގައި މަސައްކަތްކުރަމުން އަންނަ މެނޭޖަރުން ވެސް އެމީހުންނަށް އެފަދަ ކަންކަމުން ސަލަމާތް ކޮށްދިނުމަށް އެހީތެރިކަން ދެވިދާނެ އެވެ. މިސާލަކަށް، މަހަކު އެއްފަހަރު، ނުވަތަ އަހަރެއްގެ ތެރެއިން ދެ ފަހަރަކުން މުވައްޒަފުންނަށް އެމީހުން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމަށް އިނާމުދީ، ނުވަތަ ކުންފުނީގެ ކުޅިވަރު ދުވަހެއް ހަމަޖައްސާ ހެދިދާނެ އެވެ.

އޮފީހުގައި ކޮންމެ ފަދަ ގޮތަކަށް ކަންތައް ވީނަމަވެސް، މީޓިންތައް މާގިނައިން ބާއްވަމުން ދަންޏާ އަދަދު މަދު ކުރަން އެބަ ޖެހެއެވެ. ކުންފުންޏެއް ރަނގަޅަށް ހިންގަން ބޭނުންނަމަ، ފުރަތަމައިންނުން އެކުންފުންޏެއްގެ މުވައްޒަފުންނާއިމެދު އަގަލު ބަހައްޓާށެވެ. ތަނެއް ކޮޅަށް ބެހެއްޓުމަށް ފާރުތަކާ ތަނބުތަކަށް އަހައްމިއްޔަތުކަންދޭ ދޭބީދައިން ކުންފުނި ހިންގުމަށް މަސައްކަތްކޮށްދޭ މުވައްޒަފުންނާއިމެދު ފަރުވާ ކުޑަ ނުކުރާށެވެ.