ވިޔަފާރި

ދުނިޔޭގެ އެންމެ ރީތި ސުވިމިން ޕޫލްގެ ލިސްޓުގައި ރާއްޖޭގެ ވެލައްސަރު

Aug 23, 2015

ދުނިޔޭގެ އެންމެ މަގުބޫލު ބީޗެއް ހޮވާނަމަ ހަމަ ގައިމު ވެސް ރާއްޖޭގެ ރިސޯޓެއް މި ލިސްޓުގައި ހިމެނޭނެ އެވެ. އެންމެ ސަޅި މޫދު ހޮވާނަމަ އެ ލިސްޓުން ވެސް ރާއްޖެއަށް ޖާގަ ލިބެ އެވެ. ނަމަވެސް މި ފަހަރު އެފަދަ ލިސްޓެއް ނޫނެވެ. މި ފަހަރުގެ ލިސްޓުގައި ރާއްޖެ އަޅައިގެންފައި މިވަނީ ދުނިޔޭގެ އެންމެ ސަޅި ސުވިމިން ޕޫލް އޮންނަ ގައުމުތަކުގެ ލިސްޓުގަ އެވެ. މި ލިސްޓުގެ ހަތް ވަނާގައި ރާއްޖޭގެ ވެލައްސަރު ރިސޯޓުގެ ސުވިމިން ޕޫލް ހިމެނިފައިވެ އެވެ.

ލިސްޓުގެ އެންމެ ފުރަތަމަ ހިމެނެނީ އެމެރިކާގެ ނިޔުޔޯކްގައި ހުންނަ ބެޑްފޮޑް ހޮޓަލުގައި ގިޓައެއްގެ ބައްޓަމަށް ހަދާފައިވާ ސުވިމިން ޕޫލެވެ. މި ލިސްޓުގެ ދެވަނާގައި އޮތީ ސިންގަޕޫރުގެ މަޝްހޫރު މެރީނާ ހޮޓެލް ބޭ ސެންޑް ހޮޓަލުގެ މަތީގައި ހަދާފައިވާ ހިތްގައިމު ސުވިމިން ޕޫލެވެ. ލިސްޓުގެ ތިންވަނާގައި އޮތީ އެމެރިކާގެ ނެވާޑާގައި އޮންނަ ގޯލްޑަން ނަގެޓް ސުވިމިން ޕޫލެވެ. ލިސްޓުގައި ދެން އޮތީ ބުކާން ހޮޓެލް ކޮޗޯލެޓްގައި އޮންނަ ސުވިމިން ޕޫލެވެ.

މީގެ އިތުރުން ލިސްޓުގެ ފަސްވަނާގައި އޮތީ އިންޑޮނީޝިޔާގެ ބާލީގެ، ގާޑަން ހޮޓެލްގައި އޮންނަ އުބްދު ހޮޓެލް އިން ބާލީ އެވެ. މީގެ އިތުރުން ފަސްވަނާގައި އޮތީ އިންޑިޔާގެ އުދެއިޕޫރުގައި އޮންނަ އޮބޮރޯއީ ހޮޓަލްގައި އޮންނަ ބޮޑު ޕޫލެވެ.

މި ލިސްޓުގެ ހަތްވަނާގައި އޮތީ ރާއްޖޭގެ ވެލައްސަރު ރިސޯޓުގައި އޮންނަ ސުވިމިން ޕޫލެވެ. މޫދު ފެންނަ ގޮތަށް ހަދާފައިވާ މި ސުވިމިން ޕޫލަކީ ވެސް ހިތްގައިމު ރީތި ޕޫލްތަކުގެ ތެރޭގައި ހިމެނޭ ޕޫލެކެވެ.