ގާދިމީ ޒާމާނުގައި މީހުން ދިރިއުޅުނު ގޮތް ހޯދަން ސައިންސްވެރިން ކުރަމުންދާ މަސައްކަތުން މިހާތަނަށް ގިނައިން ފެނިފައިވަނީ އަނިޔާވެރިކަން ރަމްޒު ކޮށްދޭ ކަންތައްތަކެވެ. މިހާތަނަށް ކުރެވިފައިވާ ދިރާސާތަކުން އެނގޭ ގޮތުގައި މިފަދަ އަނިޔާވެރިކަން ގުޅިފައިވަނީ އޭރުގެ ބޮޑުންނަށް ކުރާ އިހްތިރާމެއްގެ ސަބަބުން ނުވަތަ ބޮޑުން ދީފައިވާނެ އަދަބެއްގެ ބިރުން ހިތުން ރުހުމުންނެވެ. މިކަން އެންމެ ގަދައަށް އެނގިފައި ވަނީ މިސްރުގެ ތާރީހީ ސައިޓުތައް ދިރާސާ ކުރުމުންނެވެ.
މިދިޔަ މަހު ވެސް ސައިންސްވެރިންނަށް ވަނީ މިފަދަ އަނިޔާވެރިކަން ރަމްޒުކޮށްދޭ ސައިޓެއް އީކުއެޑޯއިން ފެނިފަ އެވެ. މިއުޒިއަމް ތަކުން ލިބެން ހުރި މައުލޫމާތު އަލީގައި ސައިންވެރިންނަށް ވަނީ މިސައިޓު ހުރި ސަރަހައްދު ދެނެގަނެވިފަ އެވެ. ނަމަވެސް ސީދާ ޕޮއިންޓު ނޭގުމުގެ ސަބަބުން 2014 ވަނަ އަހަރުން ފެށިގެން އެ ސަރަހައްދު ކޮނުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ.
އީކުއޭޑޯގެ މި ސައިޓުން ވަނީ އިންސާނެއްގެ ކަށިން ހަދާފައިވާ ދެ ސަންދޯކެއް ފެނިފަ އެވެ. އަދި އޭގެ ތެރޭގައި ކުޑަ ދެ ކުއްޖެއްގެ ހަށިގަނޑު ވެސް ވަނީ ފެނިފަ އެވެ. އެހެންކަމުން މިއީ އޭރުގެ ޝާހީ ގަނޑުވަރަށް ނިސްބަތްވާ ދެ ކުދިން ކަން އެނގެ އެވެ. އިތުރަށް ކުރި ދިރާސާއިން އެނގިގެން ދިޔައީ ސަންދޯއް ހެދުމަށްޓަކައި ގިނަ އަދަދެއްގެ ފިރިހެނުންގެ ކަށި ބޭނުން ކޮށްފައިވާ ވާކަމެވެ. އަދި އެ އެންމެން މަރާލާފައި ވަނީ ދަން ޖައްސައިގެންކަން ފޮރެންސިކް ސައިންސްގެ އަލީގައި އެނގުމުން، މިއީ ސީދާ ސަންދޯކު ހެދުމުގެ ބޭނުމުގައި ހިންގި ގަތުލެއް ކަންވެސް އެގުނެވެ. އާންމުކޮށް މިގޮތަށް ގުރުބާން ކުރަނީ އަޅުން ނުވަތަ ފަގީރުންނެވެ.
މި ދިރާސާގައި ބައިވެރިވި ޔުނިވާސިޓީ އޮފް ނޯތް ކެރޮލީނާގެ ޕްރޮފެސަރު ސާރާ ޖިއުންގްސެޓް ވިދާޅުވީ، ސަންދޯކުތަކަށް 100 އަހަރު ފުރިފައިވާ ކަމަށެވެ. އަދި ސަންދޯކުގެ ތެރެއިން ފެނުނު ދެ ކުދިންގެ އުމުރަކީ 18 މަހާއި 12 އަހަރު ކަމަށެވެ.
ސާރާ ވިދާޅުވީ އީކުއޭޑޯގައި ކުރީ ޒަމާނުގައި ކުދިން ގުރުބާންކޮށް އުޅުނު ކަން އެނގޭ ކަމަށެވެ. ނަމަވެސް މިފަހަރު ފެނުނު ކުދިން ގުރުބާން ކޮށްލީ ކަމަށް ނުބެލެވޭ ކަމަށެވެ. ނަމަވެސް އެމީހުންގެ ގަބުރު ކައިރިން ޝާހީ އާއިލާއަށް ނިސްބަތްވާ އެއްވެސް ހަޒާނެއް ނުފެނުމުން މިއީ ކޮން ބޭނުމެއްގައި ހިންގި ގަތުލެއްކަން ބުނަން އަދި ނޭގޭ ކަމަށެވެ.
އޭނާ ވިދާޅުވާ ގޮތުންނަމަ ދެ ކުދިން މަރުވެފައި ވަނީ ފިހިގެންނެވެ. އެކަން އެނގުނީ ވެސް ފޮރެންސިކް ތަހުލީލު ކަމަށެވެ. އަދި ކުދިން މަރުވެފައިވަނީ އަލިފާން ފަރުބަދަތަކުން ފައިބާ ލާވާގެ ސަބަބުން ކަން ވެސް އެމގުނު ކަމަށް ސާރާ ވިދާޅުވި އެވެ. ސާރާގެ ޓީމުން ދަނީ އެ ސަރަހައްދު މީގެ ކުރިން އަލިފާން ފަރުބަދަ އެއް ގޮވާފައިވޭތޯ ބެލުމުގެ މަސައްކަތެވެ.
ދެކުނު އެމެރިކާގެ ގައުމު ތަކުގައި ގާދިމީ ޒަމާނުގައި ކުދިން ގުރުބާން ކުރުމަކީ ވަރަށް އާންމު ކަމެކެވެ.