ސައިންސް

1000 އަހަރުވެފައިވާ ޝާހީ ގަނޑުވަރެއް

Dec 31, 2019
1

އަހަރު ނިމެނީ އެވެ. އެކަމަކުވެސް ތާރީހީ ދިރާސާވެރިންނަށް އަދިވެސް އަހަރު ނިމުނު ކަމަށްނުވެ އެވެ. ތާރީހީ ގިނަ ސައިޓުތައް ހޯދަން ދިރާސާވެރިން ކުރަމުންދިޔަ މަސައްކަތް މެދުކަނޑާލި ނަމަވެސް މަސައްކަތް ނުހުއްޓާ ކުރިއަށް ގެންދަން ބޭނުންވާ ދިރާސާވެރިން އަދިވެސް އެބަތިއްބެވެ.

މެކްސިކޯ އަކީވެސް ތާރިހީ ގޮތުން މިސްރާ ކައިރި ކުރާ ގައުމެއް ކަމަށްވެ އެވެ. އެކަމަކު މެކްސިކޯގައި ދިރާސާތައް ނުކުރަނީ އެކަމާ ގުޅޭ ސީދާ އެއްވެސް ހެއްކެއް މިއުޒިއަމް ތަކުން ފެންނަން ނެތެމުންނެވެ. އެކަމަކު ދޫދޫމަތިން އިވޭ ވާހަކަތައް އަޑު އަހާފައި ވެސް ތާރީހީ ދިރާސާ ކުރާ މީހުން އުޅެ އެވެ.

މިފަދަ ބަޔަކު މިވަނީ މެކްސިކޯއިން މީގެ 1000 އަހަރު ކުރިން ބިނާ ކޮށްފައިވާ ޝާހީ ގަނޑުވަރެއް ހޯދާފަ އެވެ. މިހާރު މިތަން މަޝްހޫރުވެފައި ވަނީ މާޔަން ޕެލެސްގެ ނަމުގަ އެވެ. މާޔާ ޕެލެސްއަކީ އުތުރު އެމެރިކާގެ ގައުމުތަކުގައި އުޅުނު ބާރުގަދަ ބަޔަކަށް ކިޔާ ނަމެކެވެ. އެ މީހުން ބިނާކޮށްފައިވާ ބައެއް ބިނާތައް މިހާރު ވެސް އުތުރު އެމެރިކާގެ ގައުމުތަކުން ފެންނަން ހުރެ އެެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ އެމީހުން ބިނާކޮށްފައިވާ 20 މީޓަރުގެ ހިލައިގެ ފަރުބަދަތަކެވެ. މިތަން ސިފަ ވާނީ ބުދު ދީނުގެ މީހުން އަޅުކަން ކުރާ ފައްޅިއަކާ އެވެ. އެކަމަކު މިއީ އަޅުކަން ކުރާ ތަނެއް ނޫނެވެ. އެއީ އެމީހުންގެ ބޮޑުންގެ ގެތަކެވެ.

މާޔަން ސިވިލައިޒޭޝަންއަކީ ކުރެހުމުގެ ދާއިރާއިން ފާހަގަ ކޮށްލެވޭ ބައެކެވެ. މި ސިވިލައިޒޭން ނެތިގެން ދިޔައީ ފެން ނުލިބުގެ ސަބަބުން އެމީހުންގެ ދަނޑު ގޮވާންތައް ހަލާކުވުމުގެ ސަބަބުނެވެ. ފެނަން ޖެހުމުން ވެސް އެމީހުން ވަޒަން ދޫކޮށްދާން ބޭނުން ނުވީ އެވެ.

މިއީ މިހާތަނަށް ފެނުނު މާޔަން ސިވިލައިޒޭޝަންގެ އެންމެ ދުވަސްވީ ގަނޑުވަރެވެ. މިތަން ފެނިފައިވަނީ މެކްސިކޯގެ ޔުކަޓަން ސްޓޭޓުގެ ސިޓީއެއް ކަމަށްވާ ކޭންކަންގެ 60 ކިލޯމީޓަރު ބޭރުންނެވެ.

މި ގަނޑުވަރު ހޯދި ޓީމުން ބުނީ، އެމީހުން ދިރާސާތައް ކުރިއަށް ގެންދިޔައީ ޒަމާނުއްސުރެ ދެކެވެމުން އައި ފްލޯކު ވާހަކައެއްގެ މައްޗަށް ބިނާ ކޮށްގެން ކަމަށެވެ.