މިއަދު މެންދުރު ލ. ފޮނަދޫ މަތިން ފެނުނު އަލި ގަނޑަކީ ޖެޓެއް ހައިލް އެޓިއުޑުގައި ދަތުރު ކޮށްފައި ދިޔުމުގެ ސަބަބުން އުފެދުނު ކުލަތަކެއް ކަމަށް ރާއްޖޭގެ އޭވިއޭޝަންގެ މައުލޫމާތު ގެނެސްދޭ ފޭސްބުކް ޕޭޖެއް ކަމަށްވާ އެވިއޭޓާސް މޯލްޑިވްސް އިން ބުނެފި އެވެ.
ފޮނަދޫ މި އަލި ފެނިފައިވަނީ މިއަދު މެންދުރު 12:00 ޖެހިއެހާކަން ހާއިރު އެވެ. އޭރު އެރަށު ކައުންސިލަށް ވެސް ރަށް މަތިން އަލިތަކެއް ފެނިގެން އުޅޭ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. ފޮނަދޫ ކައުންސިލްގެ ރައީސް އަހްމަދު ރިޔާޒް ވިދާޅުވީ، ކައުންސިލްގެ ސަމާލުކަމަށް އެކަން އައިރު ވެސް އަލިތަށް ހުރީ ރަށްމަތިން ފެންނަން ކަމަށެވެ. އަދި އެއީ ކިހިނެތް ހިގިކަމެއް ކަން ބުނެދޭން ނޭގޭ ކަމަށެވެ.
މިއަލިތަށް ފެނުމާއެކު ގިނަ ބަޔަކު ހީކޮށްގެން ތިބީ އެއީ ފްލެއާ ގަން އެން ޖެހުމުގެ ސަބަބުން އުފެދުނު ކުލަތަކެއް ކަމަށެވެ. މި ކުލަތަށް އެންމެ ސިފަވަނީ ރެއިންބޯއަކާ އެވެ. ދައުރުވާ ފޮޓޯތަކުން ފެންނަނީ މި ކުލަތަށް ތިރިން މައްޗަށް އަރައިގެންދާ މަންޒަރެވެ. އެހެންކަމުން މިއީ ޖެޓެއް ހައި އެޓިޓިއުޑުގައި ދަތުރު ކޮށްފައި ދިޔުމުގެ ސަބަބުން އުފެދުނު ކުލަތަކެއް ކަން ވަނީ ނޭގިފަ އެވެ. އެކަމަކު ގޫގުލް ސާޗު ކޮށްލުމުން މިފަދަ ވަރަށް ގިނަ ހާދިސާތަށް ހިނގާފައިވާކަން އެގުނެވެ. ފަހަރެއްގައި މިއީ ރާއްޖޭގައި މިފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރަށް ވުރުން ގާތެވެ.
ފޮނަދޫ މަތިން ފެނުނު އަލިގަނޑުގެ ހަގީގަތް ސާފު ކޮށްދީފައިވަނީ އެވިއޭޓާސް މޯލްޑިވްސް އިންނެވެ. އެމީހުން ވަނީ އެކަން ހިނގާ ގޮތުގެ މައުލޫމާތު ދައްކުވައިދޭ ފޮޓޯތަށް ވެސް ޕޯސްޓުގައި ހިމަނާފަ އެވެ. އެ ޕޭޖުން ހިއްސާ ކޮށްފައިވާ މައުލޫމާތު އެގޭ ގޮތުގައި މިއީ މިއަދުގެ ވަގުތެއްގައި ފޮނަދޫ މަތިން ދިޔަ ޖެޓެއް ހައި އެޓިޓުއުޑުގައި ދަތުރު ކުރުމުގެ ސަބަބުން އުފެދުނު އަލިގަނޑަކެވެ. މިގޮތަށް މިކަން ހިގަނީ، އެއާ ޕްރެޝާ އަދި ވައިގެ ޓެމްޕެރޭޗާ ޖެޓުގެ ފިޔަގަނޑާވި ދިމާލުން ތިރިވުމާ ގުޅިގެންނެވެ. މިގޮތަށް ޖެޓެއް ދަތުރު ކޮށްފައިދާއިރު ވައިގެ ޓެމްޕަރޭޗާ ދަށްވުމުގެ ސަބަބުން ވޯޓާ ވޭޕާ ގަނޑުވެ އެކި ސައިޒަށް ބަދަލުވެ އިރުގެ އަލި އެޅުމުގެ ސަބަބުން ގަނޑުވެފައިވާ ވޯޓާ ވޭޕާތަށް ކުލަތަކެއްގެ ސިފައިގައި ފެނެ އެވެ.
ބައެއް ފަހަރު އަހަރުމެން ހަމަ ލޮލުގައި އިރަށް ބަލާއިރު ވެސް ރެއިންބޯގެ ކުލަތަށް ދައްކުވައިދޭ މަންޒަރު ފެނެ އެވެ. މިގޮތަށް ފެންނަ މަންޒަރުތަކަށް ކިޔައި އުޅެނީ ފޮޓޯމިޓްރޯ އެވެ. ފޮޓޯމިޓްރޯއެއްގެ ސަބަބުން އުޑުމަތިން އާދަޔާ ހިލާފު މަންޒަރުތަކެއް ދައްކުވައިދޭ ތަން ރޭގަނޑު ވެސް ފެނިދާނެ އެވެ.