ކޯސްޓް ގާޑް

ބޭރު ބޯޓަކުން ގެއްލުނު މީހަކު ހޯދަން ދިވެހި ކޯސްޓްގާޑު ބައިވެރިވެއްޖެ

Dec 4, 2019
1

ސްރީލަންކާގެ ގޯލާ ދިމާ ބޭރުން ދަތުރު ކުރަމުންދިޔަ ބޭރުގެ ކޮންޓެއިނާ އުފުލާ ބޯޓަކުން މީހަކު ގެއްލިގެން އެ މީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑު ބައިވެރިވެއްޖެ އެވެ.

އެ ބޯޓުން ގެއްލިފައި ވަނީ ބޯޓުގެ ސެކަންޑް އޮފިސަރެވެ. ކޯސްޓްގާޑުން ބުނީ އެ ހާދިސާގެ މައުލޫމާތު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް އައިސްފައި ވަނީ މިދިއަ ހޯމަ ދުވަހު ކަމަށާއި ޔޫކުރެއިންއަށް ނިސްބަތްވާ 25 އަހަރުގެ ފިރިހެން މީހާ ގެއްލިފައިވަނީ މި ދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު މެންދުރު ފަހު ކަމަށެވެ.

މީހާ ގެއްލުނު އިރު ކޮންޓެއިނާ ބޯޓު ދަތުރު ކުރަމުން ދިޔައީ ގޯލްގެ ހުޅަނގުން 70 ނޯޓިކަލް މޭލުން ރާއްޖެ އިރު އުތުރުން 322 ޏޯޓިކަލް މޭލު ބޭރުންނެވެ.