ހަބަރު

ހަނިމާދޫގައި މީހަކު ރަހީނުކޮށްގެން ގެންގުޅުނު ދެމީހަކު ހައްޔަރުކޮށްފި

Dec 4, 2019
2

ހދ. ހަނިމާދޫގައި މީހަކު ރަހީނުކޮށްގެން ގެންގުޅުނު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ހަނިމާދޫގައި ރަހީނުކޮށްގެން ގެންގުޅުނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ވަނީ އެމީހާ ސަލާމަތްކޮށްފަ އެވެ. ނަމަވެސް އޭނާ ރަހީނުކޮށްގެން ގެންގުޅުނީ ކޮން ކަމަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.

އެ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންގެ ބަންދަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ 10 ދުވަސް ޖަހާފަ އެވެ.

މި މައްސަލަ މިހާރު ވެސް ތަހުގީގު ކުރަމުންދާތީ އިތުރު މައުލޫމާތު މިވަގުތަށް ހާމަ ކުރެވެން ނެތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.