ޓެކްނޯލޮޖީ

އާޓިފިޝަލް އިންޓެލިޖެންސާމެދު ސުވާލުތަކެއް

Dec 5, 2019
1

ޓެކްނޮލޮޖީއާ ގުޅުން ހުރި ކޮންމެ އެއްޗެއް މިހާރު އުފެއްދިޔަސް އެ އެއްޗަށް ފުރިހަމަވަނީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކޮށްގެންނެވެ. އާޓިފިޝަން އިންޓެލިޖެންސަކީ އިންސާނުން ވިސްނާހެން ވިސްނުމުގެ ގާބިލްކަން އިންސްޓޯލް ކޮށްފައިވާ ޓެކްނޮލޮޖީ އެކެވެ. މި ޓެކްނޮލޮޖީ ބޭނުން ކޮށްގެން އުފެއްދި ރޮބަޓުތަކުގައި މަސްނޫއީ އިހްސާން ހުންނަކަން ވަނީ ދެނެގަނެފަ އެވެ. އިންސާނުން އުޅޭހެން އުޅުމުގެ ގާބިލްކަން އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކޮށްގެން ތައްޔާރުކޮށްފައިވާ ރޮބަޓުތަކަށް ލިބިގެންވެ އެވެ.

އާޓިފިޝަލް އިންޓެލިޖެންސަކީ ކުރި އަރާފައިވާ އަދި ކުރިއަރަމުން އަންނަ ގައުމުތަކުގައި ވެސް މިހާރު ފުޅާކޮށް ބޭނުން ކުރަމުންދާ ޓެކްނޮލޮޖީ އެކެވެ. އާޓިފިޝަލް އިންޓެލިޖެންސް އެކިއުރޭޓް ވުމުގެ ސަބަބުން ގައުމުތަކުން ކޮށްފައިވާ ތަޖުރިބާ ރަނގަޅެވެ. ރަޝިއާގެ ވެރިރަށް މޮސްކޯގެ ޓްރެފިކް ބެލެހެއްޓުމުގެ ކަންތަކަށް ވެސް އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިހާތަނަށް ހުރިހާ ޓެކްނޮލޮޖީ ކުންފުނިތަކުން އާޓިފިޝަން އިންޓެލިޖެންސަށް ދީފައިވަނީ އޭ ސްޓާއެކެވެ. އެކަމަކު މިހާރު މިވަނީ އާޓިފިޝަލް އިންޓެލިޖެންސްގެ ގާބިލިއްޔަތުކަމާމެދު ސުވާލު އުފެދިފަ އެވެ.

ޗައިނާގެ ކުންފުންޏަކުން އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކޮށްގެން އުފެއްދި ރޮބަޓެއް މިވަނީ އަންހެނަކު ފިރިހެނަކު ކަމަށް ބުނެފަ އެވެ. އަދި ފިރިހެނަކަށް އަންހެނަކު ކަމަށް ބުނެފަ އެވެ. މިއީ އެއްވެސް ކުންފުންޏަކުން ހީކޮށްގެން ތިބިފަދަ ކަމަކަށް ނުވުމުން ޗައިނާއިން ނުކުމުގެން މިހަބަރު ދުނިޔޭގެ ގިނަ ގައުމުތަކާ ހަމައަށް ވަނީ ފޯރާފަ އެވެ.

ޗައިނާއިން އުފެއްދި ރޮބަޓަށް ދީފައިވާ ނަމަކީ ޔަންޔަންގް އެވެ. މިއީ އެކުންފުނިން އަލަށް އާޓިފިޝަލް ރޮބަޓެއް ހެދި ފަހަރެއްވެސް ނޫނެވެ. މީގެ ކުރިން ވެސް އުފައްދާފަ އެވެ. އެކަމަކު ކުރިން މިކަހަލަ ކަމެއް ދިމާނުވެ އެވެ. ޗައިނާއިން މިކަން ފެންމަތިވުމާއެކު އާޓިފިޝަލް އިންޓެލިޖެންސަށް ޖީންސު ވަކިކުރުމުގައި ދަތިތަކެއް ހުންނަ ކަމަށް ބޮޑެތި ޓެކް ކުންފުނިތަކުގެ އިންޖީނިއަރުން ވަނީ ބުނަން ފަށައިފަ އެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސުގެ ގާބިލިއްޔަތާމެދު ސުވާލު އުފައްދާފަ އެވެ.

މައްސަލަ ފެންމަތިވުމާއެކު އޮންލައިންކޮށް ވަނީ މައްސަލަ ހުށަހަޅާ ސައިޓެއް ތައްޔާރުކޮށްފަ އެވެ. އެ ސައިޓުގައި ވާގޮތުން އެއް މަސް ދުވަސް ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސާ ގުޅޭގޮތުން 34 މައްސަލައެއް ވަނީ ހުށަހެޅިފަ އެވެ. އަދަދުން ކުޑަ ނަމަވެސް އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކޮށްގެން މުހިންމު މަސައްކަތްތަކެއްކޮށް، ސަލާމަތީ ބައެއް ކަންކަން ބަލަހައްޓާތީ މިކަން މިހާރު ވަނީ ހޫނުވެފަ އެވެ.

އާޓިފިޝަލް އިންޓެލިޖެންސަށް ކުއްލިއަކަށް މައްސަލަ ދިމާވާންވީ ސަބަބެއް ނޭނގެ އެވެ. އާޓިފިޝަލް އިންޓެލިޖެންސް އުފައްދާ ކުންފުނިތަކުން ބުނަމުންދަނީ، އެކަން އެގޮތަށް ދިމާވަނީ ނުބައިކޮށް އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ ކަމަށެވެ. ސީދާ ދިމާވެގެން އުޅޭ މައްސަލަ އަދި އެއްވެސް ފަރާތަަކަށް ނޭގެ އެވެ. ހުރީ އެކި ގޮތްގޮތަށް ދެކެވޭ ވާހަކަތަކެވެ.