ހަބަރު

އަންނަ މަހު ޗައިނާގެ އިތުރު ތިން ސިޓީއަކަށް ދަތުރު ފަށަން މޯލްޑިވިއަނުން ނިންމައިފި

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުން އަންނަ މަހުގެ ތެރޭގައި ޗައިނާގެ އިތުރު ތިން މަންޒިލަކަށް ދަތުރު ފަށަން ނިންމައިފި އެވެ.

މޯލްޑިވިއަނުން މިއަދު ކުރި ޓްވީޓެއްގައި ވަނީ އަންނަ ފެބްރުއަރީ މަހު އެ އެއާލައިނުން ދަތުރު ކުރަން ނިންމާފައިވަނީ ޗަންގްޝާ އާއި ޝިއާންގެ އިތުރުން ނަންޖިން ސިޓީއަށް ކަމަށެވެ.

މިހާރު ވެސް މޯލްޑިވިއަނުން ދަނީ ޗައިނާގެ ދެ ސިޓީއަކަށް ދަތުރު ކުރަމުންނެވެ. އެއީ ވޫހާން އާއި ޗޮންޗިން ސިޓީއަށެވެ.