ލައިފްސްޓައިލް

ހިރުގަނޑުން ލޭ އަންނަނަމަ ކުރެވިދާނެ ބައެއް ކަންތައް

ހިރުގަނޑުން ލޭ އަންނަކަން ފާހަގަ ކުރެވިއްޖެނަމަ އެއީ ހިރުގަނޑުގެ ބައްޔެއް ނުވަތަ ސިއްހީ މައްސަލައެއްގެ އަލާމާތަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އަބަދު ލޭ ނައިސް ދޭތެރެ ދޭތެރެއިން ލޭ އަންނަ ނަމަ އެއީ މާ ބާރަށް ދަތް އުނގުޅިގެން ހިރުގަނޑަށް ގެއްލުމެއް ވެގެން އަންނަ ލެއަކަށް ވެދާނެ އެވެ. ނުވަތަ ނަރުގަނޑު އަޅުވާފައި ތިބޭ މީހުންގެ ނަރުގަނޑު ރަނގަޅަށް ހަމަނުޖެހޭތީ ދިމާވިކަމަކަށް ވެސް ވެދާނެ އެވެ.

ނަމަވެސް އަބަދު ކަހަލަ ގޮތަކަށް ހިރުގަނޑުން ލޭ އަންނަ ނަމަ ދަތުގެ ޚާއްސަ ޑޮކްޓަރަކަށް ދައްކަން ޖެހޭނެ އެވެ. އެއީ ޖިންޖިވައިޓިސް ނުވަތަ ޕެރިޑޮންޓައިޓިސް ފަދަ ބައްޔަކަށް ވެދާނެތީ އެވެ. ލޭ ދިޔާކުރާ ބޭސް ކާ މީހުންނަށް ވެސް ވަރަށް ގިނައިން މި މައްސަލަ ދިމާވެ އެވެ.

ހިރުގަނޑުން ލޭ އަންނަ މީހުންނަށް ކުރެވިދާނެ ވަރަށް ގިނަ ކަންތައްތައް ހުރެ އެވެ.

  • ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން
  • ކޮންމެ ފަހަރަކު ކެއުމަށްފަހު އަނގައިގެ އެތެރެ ރީއްޗަށް ދޮވެ ސާފުކުރުން
  • ދަތްތަކުގެ ސާފުތާހިރުކަމަށް އަބަދުވެސް ސަމާލުވުން
  • ސްޓްރެސް ލެވެލް ދަށްކުރުން
  • ވިޓަމިން ސީ ގިނައިން އެކުލެވޭ ކާނާ ކެއުން. މިސާލަކަށް ކެރެޓް، ކައްޓަލަ، އޮރެންޖް ފަދަ ތަކެތި.
  • ވިޓަމިން ކޭ ގިނައިން އެކުލެވޭ ކާނާ ކެއުން. މިސާލަކަށް ސްޕިނެޗް އަދި ކޭލް
  • ކާބޯހައިޑްރޭޓް އެކުލެވޭ ކާނާ ކެއުން މަދުކުރުން
  • ލޮނުފެނުން އަނގަ ދޮންނަން އާދަކުރުން
  • ގަވާއިދުން ޑެންޓިސްޓަކަށް ދެއްކުން

ހިރުގަނޑުން ލޭ އައުން ހަފުތާއެއް ނުވަތަ 10 ވަރަކަށް ދުވަހުން ނުހުއްޓިއްޖެނަމަ ޑޮކްޓަރީ ފަރުވާ ހޯދަން ޖެހޭނެ އެވެ. ހިރުގަނޑުން ލޭ އައުން ފިޔަވައި އަނގައިގެ އިތުރުން މައްސަލަތައް އުޅޭނަމަވެސް ފަރުވާ ހޯދުމަށް އަވަސް ވާށެވެ.

  • އަނގައިން ނުބައިވަސް ދުވުން ގިނަ ދުވަސް ތަކަކަށް ދެމިގެން ދިއުން
  • ހިރު ގިރުން
  • ހަފާއިރު އަދި ދަތްއަޅާއިރު މާ ބޮޑަށް ތަދުވުން
  • ދަތްތައް ބިންދައިގެން ދިއުން ނުވަތަ ރެނދުލުން
  • މޫނާއި ކޯތާފަތް އެލޭގޮތްވުން
  • މާ ހޫނު ނުވަތަ މާ ފިނި ބުއިންތައް ދަތްތަކަށް ކެތް ނުކުރެވުން
  • މާ ގިނަގިނައިން އަނގަ ހިކުން
  • އަނގަ ހަރަކާތްކުރުމުން ކޯ ކަށިގަނޑުން އަޑުކިއުން
  • ދަތްތަކުގައި ރިއްސުމާއި ދަތްތަކަށް އުނދަގޫވުން