ލައިފްސްޓައިލް

އިންޑިއަން އައިޑޮލް އަށް އަންނޫ މަލިކުގެ ބަދަލުގައި ހިމޭޝް ރެޝަމްޔާ

މަޝްހޫރު ރިއަލިޓީ ޝޯ "އިންޑިއަން އައިޑޮލް"ގެ މިފަހަރުގެ ސީޒަންގެ އެއް ޖަޖް ކަމަށްވާ އަންނޫ މަލިކު މިހާރު އެ ޝޯއިން ވަކިވެފައިވާތީ އޭނާގެ ބަދަލުގައި މިއުޒިކް ޑައިރެކްޓަރު އަދި ލަވަކިޔުންތެރިޔާ ހިމޭޝް ރޭޝަމްޔާ ޖަޖްކަންކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަންނޫ ޝޯ އާ ވަކިވީ ލަވަކިޔުންތެރިޔާ ސޯނާ މަހަޕަތުރާ އާއި އެނޫންވެސް ބައެއް ފަންނާނުން އަންނޫ އާ ދެކޮޅަށް ވާހަކަ ދައްކާ އޭނާ ޝޯ އިން ވަކިކުރަން ޑިމާންޑް ކުރަން ފެށުމުންނެވެ. މިވާހަކަތައް ފުރަތަމަ ފެތުރުނީ "އިންޑީއަން އައިޑޮލް"ގެ ކުރީ ސިޒަން ކުރިޔަށް ދަނިކޮށެވެ. އެ ދުވަސްވަރު ސޮނީ ޗެނަލުން އިސްނަގައިގެން އަންނޫ ޝޯ އިން ވަކިކުރި އެވެ. ނަމަވެސް މިފަހަރުގެ ސީޒަން ފެށުނުއިރު އަންނޫ އަނެއްކާވެސް ފަނޑިޔާރުންގެ ގޮނޑީގައި އިނުމުން ސޯނާ އާއި އެނޫންވެސް ބައެއް ފަންނާނުން އަނެއްކާވެސް އަންނޫ އާއި ސޮނީ ޗެނަލް އާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ފެށި އެވެ. އެހެންވެ އަންނޫ ޝޯ އިން ވަކިކުރަން ސޮނީން ނިންމާފައި އޮއްވާ އަންނޫ އަމިއްލައަށް ޝޯ އިން ވަކިވީ އެވެ.

ލަވަކިޔުންތެރިން ކަމަށްވާ ސޯނާ މަހާޕަތުރާ، ޝްވޭތާ ޕަންޑިތު އަދި ނެހާ ބަސީން ފަދަ ފަންނާނުން ބުނެފައިވާ ގޮތުގައި އަންނޫ ވަނީ އެމީހުންނަށް ޖިންސީ ފުރައްސާރަ ކޮށްފަ އެވެ. އެހެންވެ "އިންޑިއަން އައިޑޮލް"ގެ ފަނޑިޔާރުކަން ކުރުމުގެ ފުރުސަތު އޭނާއަށް ލިބިގެން ނުވާނެ އެވެ.

ހިމޭޝް ބުނި ގޮތުގައި އޭނާއަކީ ސޮނީގެ "ސުޕަސްޓާ ސިންގާ"ގެ ވެސް ޖަޖެކެވެ. އަދި މިހާރު "އިންޑިއަން އައިޑޮލް"ގެ ވެސް ޖަޖަކަށް ވުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ. އިންޑީއަން އައިޑޮލް އަކީ އިންޑިއާގެ ސިގިން ރިއަލިޓީ ޝޯ ތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވަންދެން ދައްކާފައިވާ އަދި އެންމެ ކާމިޔާބު އެއް ޝޯ ކަމަށް ހިމޭޝް ބުންޏެވެ. އެހެންވެ އެ ޝޯގެ ފަނޑިޔާރަކަށް ވުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވެއްޖެ ކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ ބުންޏެވެ.